20 Feb 2024
ގިރާވަރުފަޅުން ލިބުނު ގޯތިތައް ގުޅީފަޅަށް ބަދަލުކުރެވިދާނެ : ރައީސް
ނިމިދިޔަ ސަރުކާރުން އެންމެފަހު ވަގުތު ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ގޯތި ގުޅީފަޅަށް ބަދަލުކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމާ މެދު ވަރަށް ފުންކޮށް ވިސްނަވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.