06 Aug 2024
ބައުވެ ވީރާނާވެފައިވާ ގެއެއްގައި ދިވެހިން އާއްމުކޮށް ކައި އުޅޭތަކެތި ތައްޔާރުކޮށް ބަންދު ކުރުމުގައި ބިދޭސީންތަކެއް!
ދިރިނޫޅެވޭ ވަރަށް ބައުވެ ވީރާނާވެފައިވާ ގެއެއްގައި، ދިވެހިން އާއްމުކޮށް ކައި އުޅޭ ތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ބިދޭސީން ތަކެއް ހައްޔަރު ކޮށްފިއެވެ.
06 Aug 2024
ނުތާހިރުކޮށް ކާބޯތަކެތި ވިއްކި ތަނަކުން ބިދޭސީންތަކެއް ހިފަހައްޓައިފި
ފުޅާދާއިރާއެއްގައި ކާބޯތަކެތި ޑެލިވެރީ ކުރުމުގެ ޚިދުމަތް ދެމުންދިއަ ކަމަށް "އިމިގްރޭޝަން ވޮޗް" އަށް ރިޕޯޓު ކޮށްފައިވާ ތަނެއް މިއަދުގެ ވަގުތެއްގައި ބަލައި ފާސްކޮށް 4 މީހެއް އިމިގްރޭޝަންގެ ބެލުމުގެ ދަޝައްގެނެސްފައިވާކަމަށް މޯލަޑީވްސް އިމިގްރޭޝަންއިން ބުނެފިއެވެ.
04 Aug 2024
ގާނޫނާއި ގަވާއިދުތަކަށް ގޮންޖެހުމުގެ ފުރުސަތު ބިދޭސީންނަށް ނުދެވޭނެ
ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކަށް ގޮންޖެހުމުގެ ފުރުސަތު ބިދޭސީންނަށް ނުދެއްވާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަހީދު ވިދާޅުވެއްޖެއެވެ.
02 Aug 2024
މާލޭގައި މާރާމާރީ ހިންގި 6 ބިދޭސީއަކު ޑީޕޯޓުކުރަން ނިންމައިފި
މިދިޔަ ބުދަ ދުވަހުގެރޭ މާލޭގައި ހިންގި މާރާމާރީއާ ގުޅިގެން ހަ ބިދޭސީއަކު ޑީޕޯޓް ކުރަން ނިންމައިފިއެވެ.
26 Jul 2024
މާލެ ސިޓީގެ 4 ތަނަކުން ގަވާއިދާ ހިލާފަށް އުޅޭ 16 ބިދޭސީން ހައްޔަރުކޮށްފި
މާލެ ސިޓީގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 16 ބިދޭސީން ވަނީ ހައްޔަރުކޮށްފިއެވެ.
18 Jul 2024
ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ހިންގަމުންދިޔަ ކާބޯތަކެތި ޑެލިވަރީ ކުރާ ތަނެއް އިމިގްރޭޝަނުން ބަލައި ފާސްކޮށްފި
ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ހިންގަމުންދިޔަ ކާބޯތަކެތި ޑެލިވަރީ ކުރާ ތަނެއް އިމިގްރޭޝަނުން ބަލައި ފާސްކޮށްފިއެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށެވެ.
17 Jul 2024
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް "އިމިގްރޭޝަން ވޮޗް" ތަޢާރަފްކޮށްފި
އިމިގްރޭޝަން މޯލްޑިވްސްއިން ވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ރިޕޯޓުކުރުމަށް "އިމިގްރޭޝަން ވޮޗް" ނަމުގައި އައު ޕްލެޓްފޯމެއް ތަޢާރަފްކޮށްފައެވެ. މި އައު ޚިދުމަތް ތަޢާރަފްކުރުމުގެ މައިގަނޑު މަޤްޞަދަކީ މުޖުތަމަޢުގެ ރައްކާތެރިކަން އިތުރުކޮށް، އިމިގްރޭޝަންގެ ޤާނޫނުތައް ދެމެހެއްޓުމެވެ. މީގެ ސަބަބުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި، އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރާ ބިދޭސީން ދެނެގަތުމާއި، އިމިގްރޭޝަނާ ގުޅުންހުރި އެހެނިހެން މައްސަލަތަކުގައި ޝާމިލްވާ ބިދޭސީން ރިޕޯޓުކުރުން މިހާރަށްވުރެ ފަސޭހަވެގެންދާނެއެވެ.
17 Jul 2024
ހަށިވިއްކުމުގެ ވިޔަފާރީގައި ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ ބަންގްލަދޭޝް ފިރިހެނެއް!
ދިވެހި އިމިގްރޭޝަނުން މިއަދު ހާމަކުރި ގޮތުގައި، ބަންގްލަދޭޝް މީހަކު 2019 އިން ފެށިގެން 23 އަންހެނުން ރާއްޖެ ގެނެސް ހަށިވިއްކުމުގެ މަސައްކަތުގައި ބޭނުންކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ. އިމިގްރޭޝަނުން އިތުރަށް ބުނެފައިވަނީ މިހާރު ޢަރިފް ކަމަދާރީ ވަނީ ޑީޕޯޓްކުރެވިފައި ކަމަށެވެ. އަދި މި މައްސަލައިގައި ހިމެނޭ އެހެން އެންމެން ވެސް ޑީޕޯޓްކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.