މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)
31 Mar 2023
ނޫސްވެރިޔަކަށް ފުލުހުން ޖިންސީ ފުރައްސާރަ ކޮށްފި
އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކުރި މުޒާހަރާއެއް ކަވަރު ކުރަމުންދިޔަ "ހުވަދޫ" ނޫހުގެ އަންހެން ނޫސްވެރިޔާ ފާތިމަތު ތައުފީޤް އަށް މުޒާހަރާ ކޮންޓްރޯލް ކުރަން މަސައްކަތްކުރި ފުލުހުން ޖިންސީ ފުރައްސާރަކޮށްފި ކަމަށް އެ ނޫސްވެރިޔާ ބުނެފިއެވެ.
29 Mar 2023
ޖޭއެމްސީ މަސައްކަތްތެރިންގެ މުޒާހަރާ ކަވަރުކުރި ނޫސްވެރިޔާއަށް ފުލުހުން އިންޒާރުދީފި
ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން ހިންގާ ހައުސިން މަޝްރޫއުގެ މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަނުދީ ގިނަ ދުވަސްވާ މައްސަލައިގައި އިންޑިއާ އެމްބަސީ ކައިރީ ކުރި މުޒާހަރާ ކަވަރުކުރަމުން ދިޔަ "ވޮއިސް" ގެ ނޫސްވެރިއަކަށް ފުލުހުން އިންޒާރުދީފި އެވެ.
19 Mar 2023
ނޫސްވެރިޔާ ޖުމާން ހައްޔަރުކުރި މައްސަލައިގައި ޕްރެސްފްރީޑޮމް އިން ކަންބޮޑުވުން ފާޅުކޮށްފި
އިދިކޮޅުގެ މުޒާހަރާ ކަވަރުކުރަމުންދިޔަ ނޫސްވެރިޔެއް ކަމަށްވާ ހުސެއިން ޖުމާން ހައްޔަރުކުރި މައްސަލަ ބައިނަލްއަޤްވާމީ، ނޫސްވެރިންގެ ޖަމިއްޔާއެއް ކަމަށްވާ ޕްރެސްފްރީޑޮމް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
17 Mar 2023
ނޫސްވެރިކަމުގެ ހައްގަށް އަރައިގަންނަ މައްސަލަތައް މި އަހަރު އިތުރުވެއްޖެ"
ނޫސްވެރިކަމުގެ ހައްގުތަކަށް އަރައިގަންނަ މައްސަލަތައް މި އަހަރުތެރޭގައި އިންތިހާއަށް އިތުރުވެގެންގޮސްފައިވާ ކަމަށް ބުނެ ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ކަންބޮޑުވުން ފާޅުކޮށްފި އެވެ.
08 Feb 2023
ފުލުހުން ނޫސްވެރިންނަށް އަނިޔާކުރި މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
މިފަހުން ސަރުކާރާއި ވާދަވެރި ސިޔާސީ ޕާޓީއިން ކުރި މުޒާހަރާތައް ކަވަރުކުރަމުން ދިޔަ ނޫސްވެރިންނަށް ފުލުހުން އަނިޔާކުރި މައްސަލަ ބައިނަލްއަގްވާމީ ޖަމުއިއްޔާއެއްކަމަށްވާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) ކުށްވެރިކޮށްފި އެވެ.
08 Feb 2023
މުޒާހަރާގައި ނޫސްވެރިންނަށް އަނިޔާވުމާ ގުޅިގެން ކޮމިޝަނުން ކަންކަން މޮނިޓަރ ކުރަނީ
މުޒާހަރާގައި ނޫސްވެރިންނަށް އަނިޔާވުމާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން ކަންކަން މޮނިޓަރ ކުރަމުން ދާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
07 Feb 2023
އިދިކޮޅުގެ މުޒާހަރާ ކަވަރުކުރަމުން ދިޔަ ނޫސްވެރިއަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފި!
ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން މިރޭ ޕީޕީއެމް އޮފީސް ދޮރުމަތީގައި ކުރަމުންދިޔަ މުޒާހަރާ ކަވަރުކުރަން އުޅުނު ޗެނަލް-13 ގެ ކެމެރާމަން އަހުމަދު މިސްބާހަށް ފުލުހުންގެ ފަރާތުން ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
06 Feb 2023
މުޒާހަރާ ކަވަރުކުރި ނޫސްވެރިންނަށް އަނިޔާވުމުން އެމްޖޭއޭއިން ކަންބޮޑުވުން ފާޅުކޮށްފި
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން މާލޭގައި ކުރަމުންދާ މުޒާހަރާ ކަވަރުކުރަމުން ދިޔަ ނޫސްވެރިންނަށް ބޮޑެތި އަނިޔާތަކެއް ލިބުމުން، އެކަން ކުށްވެރިކޮށް، މޯލްޑިވްސް ޖާނަލިޒަމް އެސޯސިއޭޝަން (އެމްޖޭއޭއިން) ކަންބޮޑުވުން ފާޅުކޮށްފިއެވެ.