24 May 2023
އެމްއާރްއެމް ނެތޭ ހިސާބަށް ދިޔުމަކީ ވިސްނާލަންޖެހޭ ކަމެއް!
ރާއްޖޭގެ ފަހުގެ ތާރީޚްގައި ސިޔާސީ ގޮތުން އެންމެ ފުންނާބު އުސް ދެ ބޭފުޅުންގެ ބަސްވިކޭ ސިޔާސީ ޕާޓީއެއް ރާއްޖޭގައި ނެތޭ ހިސާބަށް ދިޔުމަކީ، ރާއްޖޭގެ ސިޔާސީ މަޝްރަހު ބައްޓަންވާގޮތާއިމެދު ދިރާސާކުރާ މީހުން ވިސްނާލަންޖެހޭ ކަމެއް ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޢިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ.