01 May 2026
އެމްޑީޕީގައި އެއްވެސް ފައިސާއެއް ނެތް، ޗެއާޕާސަން އިންތިހާބު ފަސްކުރަން އެދިއްޖެ
މި ދެ އިންތިހާބް މިވަގުތު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަަސްލަހަތު ގެއްލި އޭގެ ސަބަބުން ސަރުކާރު ޖަވާބު ދާރީކުރުގެ މަސައްކަތައް ހުރަސް ތަކެއް ކުރިމަތި ވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
30 Apr 2026
ބޮޑެތި ގައުމީ މައްސަލަތަކުގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ދައުރު ފުޅާ ކުރާނަން: މީކާއިލް
އިއްޔެ އެމްޑީޕީ ޕީޖީ ގްރޫޕްގެ ގިނަ މެންބަރުން ވަޒީރު އިހްސާނަށް ރުހުން ދެއްވުމުން މީކާއިލް ވިދާޅުވީ، ކުރިޔަށް އޮތް ތަނުގައި މި ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް، މީކާއިލްގެ ޗެއަރޕަރސަންކަމުގައި، ވަޒީރުންނަށް ރުހުން ދިނުންފަދަ ބޮޑެތި ގައުމީ މައްސަލަތަކުގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ދައުރު ފުޅާ ކުރާނެކަމަށެވެ.
27 Apr 2026
އެމްޑީޕީގެ ޕީޖީގެ އަށް މެންބަރަކު މީކާއީލް އެންޑޯސްކޮށްފި
މީކާއީލް މިއަދު ވަނީ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ 12 މެންބަރުންގެ ތެރެއިން އަށް މެންބަރުންނާއެކު ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވާފަ އެވެ.
26 Apr 2026
އިބުރޭ އަށް ފިޔަވަޅު އަޅައިދޭން މީކާއިލް އެދިއްޖެ
އެމްޑީޕީގެ ދާއިމީ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ކެމްޕޭނުގައި، ޕާޓީގެ ޗެއަރޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) ވަކި ކެންޑިޑޭޓެއްގެ ފަހަތްޕުޅުގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުންދާތީ، އެކަމާ މެދު ފިޔަވަޅު އަޅައިދިނުމަށް އެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެދިވަޑައިގެންފިއެވެ.
26 Apr 2026
އެމްޑީޕީއަށް ލިބޭ ފައިސާއަށް ވާގޮތް މެންބަރުންނަށް ސާފުކޮށްދޭނަން
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މީކާއީލް ވަނީ، ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި ރަށްރަށަށް ކުރެއްވި ދަތުރުތަކުން އެމްޑީޕީގެ އާންމު މެންބަރުންގެ ފަރާތުން އެންމެ ބޮޑަށް އިވިގެންދިޔައީ ޕާޓީގެ ހިންގުމާމެދު އޮތް ޝަކުވާކަން ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް، ޕާޓީއަށް ލިބޭ ފައިސާއަށް ވާގޮތް ނޭނގޭކަމުގެ ކަންބޮޑުވުން އާންމު މެންބަރުން ފާޅުކޮށްފައިވާކަން އޭނާ ވިދާޅުވިއެވެ.
23 Apr 2026
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ޓައިމްލައިން އަސާސީ ގަވާއިދާ ޚިލާފު
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބާ ގުޅޭގޮތުން ކޮށްފައިވާ އިއުލާނާއި އިންތިޚާބުގެ ޓައިމްލައިނަކީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފު ނިންމުންތަކެއް ކަމަށް ބުނެ އެ އިއުލާން ބާތިލްކޮށްފިއެވެ.
23 Apr 2026
އަޅުގަނޑުގެ އަމާޒަކީ އަލުން އެމްޑީޕީއަށް ވެރިކަން ހޯދައިދިނުން: ރައީސް ނަޝީދު
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، މިއަދު އިހަވަންދޫގެ ރައްޔިތުންނާއި އެކު އެ ރަށުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
23 Apr 2026
އިތުރު މީހުން ޕާޓީއަށް ވަނުމަށް ހުރަސްއެޅުމުގެ ނިޔަތުގައި ވަގުތު ކުޑަކުރުން ވަރަށް ދެރަ: ރައީސް ނަޝީދު
އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށްޓަކައި ބާއްވާ އިންތިޚާބަށް ވޯޓުލެވޭނީ ރޭ 12 ގެ ކުރިން ޕާޓީއާށް ވަންނަ މީހުންނަށް ކަމަށް އެމްޑީޕީގެ ވަގުތީ ލީޑަރޝިޕުން އިއުލާން ކުރުމުން، އިއްޔެ ވަނީ ވަރަށް ގިނަ އަދަދެއްގެ ބޭފުޅުން އެ ޕާޓީއާއި ގުޅިފައެވެ. އެގޮތުން، ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީއަށް އިއްޔެ ވަނީ 10،000 އާއި ގާތް އަދަދަކަށް މީހުން ގުޅިފައެވެ. ނަމަވެސް، އެހާ ކުރު މުއްދަތެއް ދިނުމުން ރައީސް ނަޝީދު ވަނީ، އެއީ ވަރަށް ހިތާމަވެރި އަދި ދެރަ ކަމެއް ކަމުގައި ވިދާޅުވެފައެވެ.