އެމްޑީޕީ ޗެއާޕާސަން އިންތިޚާބު
13 May 2026
މި އައީ ރައީސް މުޢިއްޒު ވެރިކަމުން ބާލަން: ރައީސް ނަޝީދު
އެމަނިކުފާނު ނުކުންނަވައި ހުންނެވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ނިމުމަކަށް ގެންނަވަން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
07 May 2026
‏ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީއަށް ލިބޭނެ ކުރިއެރުމެއް ނެތް
ފާއިތުވި މާޒީގައި ހިނގައިދިޔަ ކަންކަމުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީއަށް ކުރިއެރުމެއް ނުލިބޭނެ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
06 May 2026
މުޅި ދުނިޔެއަށް އެހީވުމަކީ ޕާޓީން ކުރަން ރަނގަޅު ކަމެއް: ރައީސް ނަޝީދު
ޚުދުމުހުތާރު ވެރިކަން ނިމުމަކަށް ގެނައުމަށް އެމްޑީޕީއަކީ މޮޅު ޕާޓީއެއް ކަމަށާ، އެ ތަޖުރިބާގެ އަލީގައި ދުނިޔެއަށް އެހީވުމަކީ އެޕާޓީން ކުރަން ރަނގަޅުކަމެއް ކަމުގައި ކުރީގެ ރައީސް އަދި ޗެއާޕާސަން ކަމަށް ވާދަކުރައްވާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
06 May 2026
ރާވާލާނަން، ރާވާލާނަން؛ 2028 އަށް އެމްޑީޕީ ރާވާލަން ނުކުމެ މިހުރީ: މީކާއީލް
ޗެއާޕާސަން ކަމަށް ވާދަކުރައްވަން ނުކުމެ ހުންނެވީ 2028 ވަނަ އަހަރަށް އެމްޑީޕީ ރާވާލައްވަން ކަމަށް އެ މަގާމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެެވެ.
04 May 2026
ޓައިމްލައިން ބާތިލު ކުރަން ހުށައެޅުމާއި ނަޝީދާއި ގުޅުމެއް ނެތް: ތަރުޖަމާން
ވަހީދު ވިދާޅުވީ ނަޝީދުގެ ކެމްޕޭނުގެ ފަރާތުން ހިންގާ ޙަރަކާތްތަކާއި، ނިންމާ ނިންމުންތައް އަދި އަޅާ ފިޔަވަޅުތައް ޤަވާއިދުން ހާމަކުރަމުން ގެންދާނެ ކަމަށެވެ.
04 May 2026
ކޯޓުން ކަންކަން ނިންމުމަކީ އެމްޑީޕީގެ ސިފައެއް ނޫން: މީކާއީލް
"މެޗު ކުޅެން ފަށާފަ ގޯލް ޕޯސްޓް ބަދަލުކުރުމަކީ އަޅުގަނޑު ގަބޫލުކުރާ އުސޫލެއް ނޫން," މީކާއީލް ވިދާޅުވި އެވެ.
03 May 2026
އެމްޑީޕީން ޗެއަރޕާސަންގެ މަގާމަށް ކުރިމަތިލި ކެނޑިޑޭޓުންގެ ނަމާއި ނަންބަރު އިއުލާންކޮށްފި
މި އަންނަ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއަރޕާސަން ހޮވުމުގެ އިންތިހާބުގައި އެ ޕާޓީން މައުލޫމާތު ދޭ ގޮތުގައި ޖުމްލަ 3 ކެނޑިޑޭޓަކު ވަނީ ވާދަކުރުމަށް ހުށަހަޅައި، ޕާޓީގެ ޗެއަރޕާސަން ކަމުގެ މަގާމަށް ކުރިމަތިލުމަށް ޝަރުތު ފުރިހަމަވެފައެވެ.
03 May 2026
އަޅުގަނޑަށް ޙަޔާތުގައި ކުރަން އެނގޭ ކަމަކީ ވެރިކަމުން މީހުން ބޭލުން
އެމަނިކުފާނަކީ ވެރިކަމުން މީހުން ބާލަން ދަންނަ ބޭފުޅެއް ކަމަށާ ހަޔާތުގައި މިހާތަނަށް ގިނަ ވެރިންތަކެއް ވެރިކަމުން ބާލާފައިވާނެ ކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.