އެމްއެމްޕީއާރސީ ހިޔާނާތް
03 Oct 2022
ޚިޔާނާތުގެ މުގުލުންނާއެކު އެއްބަސްވީ ގެއްލުނު ފައިސާ ނުލިބޭ ގޮތަށް: މުޢިއްޒު
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މުގުލުގައި ތިބި މީހުންނާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުން އެއްބަސްވުންތައް ހަދާފައިވަނީ ދައުލަތަށް ލިބެންޖެހޭ ފައިސާ ލިބޭގޮތަކަށް ނޫން ކަމަށް ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް އަހްމަދު މުއިއްޒު ތުހުމަތުކުރައްވައިފިއެވެ.
19 Sep 2022
"ކޯޓުގައި މައްސަލަ އޮއްވާ ތައިލެންޑު ގޭންގު ސްޓާރަކާއެކު ފުއްގިރި ރިސޯޓު ހަދަން ފަށައިފި"
އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ މައްސަލަ ކޯޓުގައި އޮތްއިރު، އިމްރާނު އާއި، އަލީ ޒާހިރު (އަލިޕީ) ހިއްސާވެގެން ތުރުކީގެ ގޭންގްސްޓާރަކާއެކު އެ ރަށް ރިސޯޓަކަށް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
28 Aug 2022
މަހުލޫފް ގެ ޝަރީޢަތް ކެންސަލް ކޮށްފި!
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތުގެ ދައުވާގެ ޝަރީއަތް މިއަދަށް ތާވަލް ކުރުމަށްފަހު ކެންސަލް ކޮށްފިއެވެ.
24 Aug 2022
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރަމުން ދިޔަ އެސްއޯއެފްގެ އެކައުންޓު ދޫކޮށްލައިފި
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރާއްޖޭގެ ފަޅުތަކާއި ރަށްތައް ވިއްކައިގެން ހޯދި ފައިސާ ދައުރުކުރަން ބޭނުން ކުރި އެސްއޯއެފް ކުންފުނީގެ އެކައުންޓުތައް ދޫކޮށްލުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
22 Feb 2019
އެމްއެމްޕީއާރްސީގެ ޚިޔާނަތާއިގުޅޭ ވޮއިސްގެ އެނައިލިސިސް
އެމްއެމްޕީއާރްސީ މެދުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ރަށްތަކާއި ފަޅުތައް ދޫކުރުމަށްފަހު ދައުލަތަށްލިބުނު 1.311 ބިލިޔަން ރުފިޔާ، އެމްއެމްޕީއާރްސީނޫން ފަރާތްތަކަށް ޖަމާކުރުމަށް އަންގާފައިނުވާނެކަމަށްބުނެ ބޮޑުވައްކަމުގެ ހުރިހައިޒިންމާއެއް ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބް އަޅުވާފައިވަނީ އެމްއެމްޕީއާރްސީގެ މެނޭޖިންޑިރެކްޓަރ އަބްދުﷲ ޒިޔާތުގެ ބޮލުގައިކަން އޭސީސީގެ ރިޕޯޓްދިރާސާކުރުމުން ފާހަގަކުރެވެއެވެ.