އެމްއެމްޕީއާރސީ ހިޔާނާތް
03 Feb 2023
ސިސްޓަމް ހިނގާ ނަމަ މަހްލޫފް ނުހުންނާނެ ކެބިނެޓްގައި: ޑރ. ޖަމީލް
"ސިސްޓަމް" ހިނގާ ކަމަށް މިސަރުކާރުން ބުނާއިރު، ސިސްޓަމް ހިނގާނަމަ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ސަރުކާރުގެ ކެބިނެޓް ގައި މިނިސްޓަރެއްގެ މަގާމު ފުރުއްވަން ނުއިންނާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
26 Dec 2022
އެންމެ ބޮޑެތި ވަގުން ތިބީ ގޭގައި: މުޢިއްޒު
އެންމެ ބޮޑެތި ވަގުން ތިބީ ގޭގައި ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަދި މަޝްހޫރު ގާނޫނީ ވަކީލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
25 Dec 2022
އިދިކޮޅު ކޯލިޝަންގެ އިހްތިޖާޖުގެ ތެރެއިން 14 މީހުން ހައްޔަރު ކޮށްފި
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޔާމީނުގެ މައްޗަށް ދައުވާކޮށްފައިވާ އާރަށް މައްސަލާގައި ރިޝްވަތު ގަބޫލުކުރުމުގެ ކުށާއި، މަނީ ލޯންޑަރިންގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ އިހްތިޖާޖުގެ ތެރެއިން 14 މީހުން ހައްޔަރުކޮށްފިއެވެ.
25 Dec 2022
ރައީސް ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޔާމީނުގެ މައްޗަށް ދައުވާކޮށްފައިވާ އާރަށް މައްސަލާގައި ރިޝްވަތު ގަބޫލުކުރުމުގެ ކުށާއި، މަނީ ލޯންޑަރިންގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
25 Dec 2022
"އިއްޔެ އޮތް އަލީ ޒާހިރުގެ ރަސްމީ ދަތުރުފުޅުވެސް ކެންސަލް ކޮށްލީ"
ރަސްމީ ދަތުރު ފުޅެއްގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު, ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން އިއްޔެ އޮއްވައި، ފަހުވަގުތުގައި ޓިކެޓް ކެންސަލް ކުރައްވާ ފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
25 Dec 2022
ލައިވް އަޕްޑޭޓް: ރައީސް ޔާމީންއަށް ހުކުމް ކުރުން
އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާގެ ހުކުމް ކުރުން މިއަދު ހަމަ ޖެހިފައިވާއިރު ގިނަ ބަޔަކު އެމަނިކުފާނުގެ ގެކޮޅު ކައިރީ އަށާއި ކްރިމިނަލް ކޯޓު ކައިރިއަށް އެއްވެއްޖެއެވެ.
23 Dec 2022
"އެމްއެމްޕީއާރުސީ ޚިޔާނާތަަށް ދައުވާކޮށް ހުކުމް ކުރީމާ ފައިސާއަށް ވީގޮތް އެނގޭނެ"
އެމްއެމްޕީއާރުސީ ޚިޔާނާތަާއި ވެންޓިލޭޓަރު ޚިޔާނާތައް ދައުވާކޮށް ހުކުމް ކުރުމުން އެ ފައިސާއަށް ވީގޮތް އެނގޭނެ ކަމަށް އެމްޑީީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
22 Dec 2022
ރައީސް ޔާމީންގެ ޝަރީއަތެއް މިމަހު 25 ގައި
އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއާއު ގުޅޭ ޝަރީއަތެއް މިމަހު 25 ގައި ބޭއްވުމަށް ތާވަލްކޮށްފިއެވެ.