އެމްއެމްޕީއާރސީ ހިޔާނާތް
11 Jul 2023
"އެމްއެމްޕީއާރުސީގެ މައްސަލާގައި ހެދީ ދޮގެއް ނޫން"
މޯލްޑިވްސް މާކެޓިންގ ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ޚިޔާނާތާއި ގުޅޭ ފައިސާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނެންގެވިކަމަށް ބުނެ ހެދީ ދޮގެއް ނޫން ކަމަށާ، އެއީ "ސްމޯކް ސްކްރީން" އެއް ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބުނެފިއެވެ.
11 Jul 2023
"އެމްއެމްޕީއާރުސީ ފައިސާ ނަގާ ވަރަށްވުރެ ރައީސް ޞާލިހު މާ ތަނަވަސް"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަކީ އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހޭ ވަރަށްވުރެ މާ ތަނަވަސް ބޭފުޅެއް ކަމަށް އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބުނެފިއެވެ.
11 Jul 2023
އަދީބު ރާއްޖެއިން ބޭރަށް ފުރަން ހުއްދަ ދީފި
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހުއްދަދީފި އެވެ.
03 Jul 2023
"ރައީސްގެ ޢާއިލާއަށް ފައިސާ ލިބުނުކަމަށް އަދީބު ބުނާ މެސެޖްތައް އެބަހުރި"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ޢާއިލާގެ ބޭފުޅުންނަށް، އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވާ މެސެޖު، މަޖިލީހުގައި އެބަހުރި ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
02 Jul 2023
"އަދީބު ފުރުވަން މިހާތަނަށް ހުއްދަ ދީފައެއް ނެތް"
ކުރީގެ ނާއިބު ރައީސް އަދި އެމްއެމްޕީއާރުސީ ޚިޔާނާތުގެ މުގުލުގައި ހުންނެވި އެކެއް ކަމުގައިވާ އަހުމަދު އަދީބު، މާދަމާ ރާއްޖެއިން ބޭރަށް ފުރަން އަދި މިހާތަނަށް ހުއްދަ ދީފައިނުވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފިއެވެ.
02 Jul 2023
މާދަމާ، އަދީބު ރާއްޖެއިން ބޭރަށް ފުރުވާލާނެ: ވަހީދު
ކުރީގެ ނާއިބު ރައީސް އަދި އެމްއެމްޕީއާރުސީ ޚިޔާނާތުގެ މުގުލުގައި ހުންނެވި އެކެއް ކަމުގައިވާ އަހުމަދު އަދީބު، މާދަމާ ރާއްޖެއިން ބޭރަށް ފުރުވާލާނެ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
27 Jun 2023
އަދީބާއި ޒިޔަތަށްވެސް ގޯތި ލިބިވަޑައިގެންނެވި!
މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވައުދުފުޅުގެ ދަށުން ގޯތި ލިބުނު މީހުންގެ ލިސްޓު އާންމުކޮށްފައި ވާއިރު، އެ ލިސްޓުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުالله ޒިޔަތުވެސް ހިމެނިވަޑައިގެންފިއެވެ.
04 Jun 2023
"ރައްޔިތުންގެ ހައްގުގައި އަދީބާއި ޒިޔަތުގެ ހެކިބަސް ނަގަން ޖެހޭ"
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތަކަކީ ރައްޔިތުންގެ މަސްލަހަތު ވަރަށް ބޮޑަށް އޮތް މައްސަލަތަކަކަށްވާއިރު، އަދާވާތްތެރިކަން އޮތަސް ރައްޔިތުންގެ ހައްގުގައި މި މައްސަލައިގެ މުގުލުގައި ތިބި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތުގެ ހެކިބަސް ނަގަން ޖެހޭނެ ކަމަށް، ދައުލަތުން ބުނެފިއެވެ.