20 Nov 2024
އެންޓި ޑިފެކްޝަން ގާނޫނެއް ގެންނަ ވާހަކަ އެންމެންދެއްކި. އެކަން ހަގީގަތަކަށްވީ މިއަދު: ޝަކީލް
އެންޓި ޑިފެކްޝަން ބިލެއް މިއަދު ފާސްކުރެވިގެންދިޔައިރު، ހަގީގީ ސިފައިގައި ގާނޫނު އަސާސީގެ ތެރެއިން މިކަން ކުރުމުގެ އިހްލާސްތެރިކަމާއި ކެރުންތެރިކަން ހުރި ހަމައެކަނި ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ކަން ސާބިތުކޮށްދެއްވައިފިކަމަށް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
14 Sep 2024
ހައްޖު ކޯޕަރޭޝަނަކީ ބަޔަކަށް ބަރޯސާވާންޖެހޭ ކުންފުންޏެއްނޫން: ޝަކީލް
ހައްޖު ކޯޕަރޭޝަނަކީ ބަޔަކަށް ބަރޯސާވާންޖެހޭ ކުންފުންޏެއްނޫން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
20 Jun 2024
އިންތިޒާމުތަކަށް ފާޑުކީ، އެދުނު ގޮތަށް ކޮރަޕްޝަނަށް މަގުފަހިވާހެން ކަން ނުކުރުމުން
ހައްޖުގެ އަޅުކަމުގައި ދިވެހި ހައްޖުވެރިންނަށް ހުރި އިންތިޒާމުތަކަށް ފާޑުކީ އޭނާ އެދުނު ގޮތަށް ކޮރަޕްޝަނަށް މަގުފަހިވާހެން ކަންކަން ނުކުރުމުން ކަމަށް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވަރުގަދަ ރައްދެެއް ދެއްވައިފި އެވެ.
08 Jun 2024
އެއްވެސް ފަރާތެއްގެ ނުފޫޒެއް ޙައްޖު ކިއު އަކަށް ނުފޯރުވޭނެ: ޝަކީލް
މިއަދު، ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޙައްޖު ކޯޕަރޭޝަންގެ ޙައްޖު ކިއުގެ ނިޒާމް ހަމަޖެހިފައިވާ ގޮތުން، އެއްވެސް ފަރާތެއްގެ ނުފޫޒެއް ޙައްޖު ކިއު އަށް ނުފޯރުވޭނެކަމަށެވެ.
07 Jun 2024
ސަރުކާރުގެ އެހީގައި ހައްޖަށްދާ 50 މީހުން މިއަދު ފުރާނެ
ސަރުކާރުން ހިލޭ ހައްޖަށް ފޮނުވާ 50 މީހުން މިއަދު ފުރާނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
02 Jun 2024
އަމާޒަކީ، ޙައްޖަށް ގެންދާ އަގު 50،000ރ އަށް ކުޑަކުރުން: ޝަކީލް
ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ކުރާ ދަތުރުގެ އަގު، 50،000 އަށް ކުޑަކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެވެ.
27 May 2024
ހައްޖާޖީން މިނާގައި ތިބޭއިރު ދޭ ކެއުމުގައި ދިވެހި ރަހަތައް ހިމަނަނީ
ދިވެހި ހައްޖާޖީން މިނާގައި ތިބޭއިރު ދޭ ކެއުމުގައި ދިވެހި ރަހަތައް ހިމެނުމަށް ޙައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.
14 May 2024
އިލްތިމާސަކީ ޒުވާން ޢުމުރުގައި ވީހާވެސް އަވަހަކަށް ޙައްޖަށް ދިޔުން: ޝަކީލް
1445 ވަނަ އަހަރުގެ ޙައްޖުގެ ތައްޔާރީތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުުން ޝަކީލް ވިދާޅުވީ ޢުމުރުން ދުވަސްވެ ގައިބާރު ދެރަވުމުން ޙައްޖަށް ދާން މަޑުނުކޮށް، ޒުވާން ޢުމުރުގައި ވީހާވެސް އަވަހަކަށް ޙައްޖަށް ދާން ކިއު އަށް އެރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. ވަރަށް ގިނަ ބޭފުޅުން، ކިއު ދިގުވީމާ، ކިއުއަށް އަރަން ފަސްޖެހޭކަން ފާަހަގަކުރައްވާ ޝަކީލް ވިދާޅުވީ، ކިއުއަށް އެރުއްވުމުން ޖާގަ ކަށަވަރު ވީ ކަމަށާއި، ކިއުއަށް ނާރާ މަޑުކުރައްވާނަމަ، ކިއު ދާނީ ދިގުވަމުން ކަމަށެވެ. އެހެންކަމުން، ކިއު ދިގުވާތީ، ކިއުއަށް ނާރާ މަޑުނުކުރެއްވުމަށް ޝަކީލް އިލްތިމާޒު ކުރެއްވިއެވެ.