އިމްތިޔާޒު ފަހުމީ
28 Oct 2022
"ފޯޅަވަހީގެ މައްސަލަ އެމްއާރުއެމްއާ މަޝްވަރާކުރާނެތޯ؟ އެމްޑީޕީއާވެސް ނުކުރޭ"
ފޯޅަވަހީގެ މައްސަލަ އާއި ގުޅިގެން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އާއި ވެސް މަޝްވަރާ ނުކުރައްވާ ކަމަށާ، ވީއިރު ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްއާއި ކުރާނެތޯ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ތަރުޖަމާނު އިމްތިޔާޒު ފަހުމީ (އިންތި) ސުވާލުކުރައްވައިފިއެވެ.
17 Oct 2022
ޚިޔާނާތުން ގެއްލުނު އެންމެ ރުފިޔާއެއްވެސް އަދި ނުހޯދޭކަން ހާމަވެއްޖެ
ވައްކަމާއި ކޮރަޕްޝަންގެ ތެރެއިން ދައުލަތަށް ގެއްލުނު ފައިސާަގެ ތެރެއިން މިހާތަނަށް އެންމެ ރުފިޔާއެއްވެސް ހޯދިފައި ނުވާކަން ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރުގެ ވާހަކަފުޅުން ހާމަވެއްޖެއެވެ.
17 Oct 2022
ދިރާސާނުކޮށް ސަރުކާރުން ބިލު ފޮނުވާތީ އިމްތިޔާޒު ފާޑުވިދާޅުވެއްޖެ!
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށައަޅާއިރު، ދިރާސާނުކޮށް ބިލުތައް ފަރުމާކުރަމުންދާކަން ފާހަގަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ފާޑުވިދާޅުވެއްޖެއެވެ.
04 Oct 2022
"ޕޮލިސް ބަޔާން ނެރެ ސްޓޯރީ ނިންމާލައިފި"
18 ސެޕްޓެމްބަރު ގައި ހުޅުމާލެއިން ގެއްލުނު އަޒުހާނުގެ މައްސަލަ އާއި ގުޅިގެން ފުލުހުން ބަޔާނެއް ނެރެ ސްޓޯރީ ނިންމާލާފައިވާކަމަށް މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
04 Oct 2022
އަޒުހާން ހޯދުމަށް އެދެވޭ މަސައްކަތްތަކެއް ނުކުރާ ކަމުގެ ކަންބޮޑުވުން!
ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލުނު މުހައްމަދު އަޒުހާން ހޯދުމުގައި ފުލުހުން އެދެވޭ ވަރަށް މަސައްކަތް ކޮށްފައި ނުވާ ކަމަށްބުނެ އެމްޑީޕީ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
20 Sep 2022
"މީހުން މަރަން ފަސް ނުޖެހޭ 1400 މީހުން ތިބިމަކަށް ބުނިތާ ދެ އަހަރު"
މީހުން މަރަން ފަސް ނުޖެހޭ 1400 މީހުން ދެނެގަނެވިފައިވާކަމަށް ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިތާ ދެ އަހަރު ފާއިތުވެގެން ދިޔައިރުވެސް އެކަމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައި ނެތުމަކީ ކަންބޮޑުވާކަމެއްކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.