ހަބަރު
05 Jun 2024
ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް، އިފުތިތާހުކޮށްދެއްވައިފި
ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން، ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އިފުތިތާހުކޮށްދެއްވައިފިއެވެ.
05 Jun 2024
ރާއްޖެ-އިންޑިޔާ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދު ކުރަން: މޯދީ
ކުރިއަށް އޮތް ތަނުގައި ގުޅުން ދިވެހިރާއްޖެ އާއި އިންޑިޔާގެ ގުޅުން އިތުރަށް ބަދަހިކޮށް އެކުގައި މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
05 Jun 2024
މޯދީއަށް ލިބުނު ކާމިޔާބީއަށް ރައީސް މުޢިއްޒު މަރުހަބާ ދަންނަވައިފި
އިންޑިއާގެ ޢާންމު އިންތިޚާބު 2024ގައި ބާރަތިޔާ ޖަނާތާ ޕާޓީ (ބީ.ޖޭ.ޕީ) އާއި އެޕާޓީ އިސްވެ އޮވެ އުފައްދާފައިވާ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސް (އެން.ޑީ.އޭ) ހޯދި ކާމިޔާބީ ފާހަގަކުރައްވައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
04 Jun 2024
ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ގަހުގެ އާދޭހުގެ ނަމުގައި ޚާއްސަ މައުލޫމާތުދޭ ސެޝަނެއް ބާއްވަނީ
މިއަދު މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ނެރުއްވި ނޫސްބަޔާނެއްގައިވަނީ، މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް "ގަހުގެ އާދޭސް" މި ނަމުގައި ޚައްސަ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދިޔުމަށް ތާވަލުކުރެވިފައިވާކަން ހާމަކުރައްވާފައެވެ. މި ސެޝަން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ތިމާވެށީގެ ދުވަހު (5 ޖޫން) ގެ ރޭގަނޑުގެ ވަގުތުގައެވެ. މި ސެޝަންގައި "ޢާންމުތަންތަނުގައި، ޚާއްޞަކޮށް މަގުތަކުގައި ގަސްއިންދުން - އަތްމަތީ ފޮތް" އިފްތިތާޙު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
04 Jun 2024
ފީ ނުދައްކާ ދިހަހާހަށްވުރެ ގިނަ ފަރާތްތަކުގެ ނަންމަތީ ލައްކައަކަށްވުރެ ގިނަ ބިދޭސީން!
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ހާމަ ކުރެއްވިގޮތުގައި ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތަކަށް ޤާނޫނުގެ ދަށުން ދައްކަން ޖެހޭ ފީތަކާއި ޖޫރިމަނާ ނުދައްކާ 10،619 ވަޒީފާ ދޭ ފަރާތް އެބަ ތިއްބެވެ. އަދި އެ ފަރާތް ތަކުގެ ނަންމަތީ ރަޖިސްޓްރީ ކުރެވިފައި 102،807 ބިދޭސީ މަސައްކަތް ތެރިން އެބަ ތިބި ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއްވިއެވެ. އެ ވުޒާރާއިން އިތުރަށް ހާމަކުރެއްވިގޮތުގައި ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ 1،765،704،400 ރުފިޔާ، ވަޒީފާ ދޭ ފަރާތްތަކުން ދަޢުލަތަށް ނުދައްކާ އެބަ ހުއްޓެވެ.
04 Jun 2024
ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ގެނައުމުމުގައި ޢަމަލުކުރުމަށް މިހާރަށްވުރެ ހަރުދަނާ ނިޒާމެއް ޤާއިމުކުރަނީ
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ގެޒެޓުކުރި އިޢުލާނެއްގައިވަނީ ބިދޭސީ މަސައްކަތްތެރިން ދިވެހިރާއްޖެއަށް ގެނައުމާއިގުޅޭ އުޞޫލުތައް މުރާޖަޢާކުރަމުން ދާ ކަމަށެވެ. އަދި މިހާރު ޢަމަލުކުރަމުންދާ ނިޒާމްގައި ހުރި މައްސަލަތައް ދެނެގަނެ، ރައްޔިތުންނާއި ގާތުން ފަސޭހަ އަދި އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ، ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، މި ނިޒާމު، ޚިދުމަތް ލިބިގަންނަ ފަރާތްތައް ޖަވާބުދާރީ ކުރެވޭނޭ ހަރުދަނާ ނިޒާމަކަށް ވާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
04 Jun 2024
ބިދޭސީ މަސައްކަތްތެރިންގެ ފީ ނުދައްކާ ފަރާތްތައް ސަސްޕެންޑުކުރަނީ
މިއަދު އެ ވުޒާރާއިން ގެޒެޓުކުރި އިޢުލާނެއްގައިވަނީ ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ 1،765،704،400 ރުފިޔާ، ވަޒީފާ ދޭ ފަރާތްތަކުން ދަޢުލަތަށް ނުދައްކާ ހުރިކަމަށެވެ. އެހެންކަމުން، މި ޖޫން މަހުގެ 18 ވަނަ ދުވަހުގެ ކުރިން، މި ފީތަކާއި ޖޫރިމަނާތައް ދައްކާ ޚަލާސްކުރުމަށް އަންގާ، އެ ވުޒާރާއިން ބުނީ، އެ ދުވަހުގެ ނިޔަލަށް، ފީތަކާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތައް ޢާންމުކޮށް އިޢުލާނު ކުރާނެ ކަމަށެވެ.
04 Jun 2024
ފަލަޞްޠީން މިނިވަން ކުރުމަށް ގޮވާލާ ހިނގާލުމެއް ގއ.ގެމަނަފުށީގައި ބާއްވައިފި
ފަލަޞްޠީނާއެކު ގެމަނަފުށި ތިބިކަން އަދި ފަލަޞްޠީން މިނިވަން ކުރުމަށް ގޮވާލާ ހިނގާލުމެއް ބާއްވާފައި ވަނީ މިއަދު ހަވީރުއެވެ. މި ހިނގާލުމުގައި ގެމަނަފުށީގެ ކުދިބޮޑު އެންމެން ބައިވެރިވެފައިވެއެވެ.