ހަބަރު
04 Jun 2024
ބްރިޖު މަޝްރޫޢު މިހާރު ކުރިއަށްދާގޮތުން ސްޕީޑް އިތުރަށް އަވަސްވާނެ - ޑރ. މުއްޠަލިބު
ބްރިޖު މަޝްރޫޢު މިހާރު ކުރިއަށްދާގޮތުން ސްޕީޑް އިތުރަށްވެސް އަވަސްވާނެ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. އަދި މަޝްރޫޢޫގެ މަސައްކަތްތައް ކުރިއަށް ދާ ބާރު މިނާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި، އިންޑިއާ ސަރުކާރާއި އެމްބަސީއާ ގުޅިގެން ރަނގަޅަށް މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
03 Jun 2024
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މުގައްރިރަކަށް މުހައްމަދު އިސްމާއިލް
މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މުޤައްރިރަކަށް ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާއީލް އިންތިޚާބުވެއްޖެއެވެ. އެ ކޮމެޓީގެ ނައިބު މުޤައްރިރަކަށް ހަމަޖައްސާފައިވަނީ ފެލިދޫ ދާއިރާގެ މެމްބަރު އާދަމް ޒާހިރު އެވެ.
03 Jun 2024
ބައި-އިލެކްޝަންތަކާ ގުޅޭ ގޮތުން ޝަކުވާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސައިފި
އީސީއިން ހާމަ ކުރެއްވި ގޮތުގައި ޖުލައި 20 ވަނަ ދުވަހު ބާއްވާ ބައި-އިލެކްޝަންތަކާ ގުޅިގެން، އެއްވެސް ޝަކުވާއެއް ހުށަހަޅާނަމަ، ހުށަހަޅަންވާނީ އެކަމަށް އެ ކޮމިޝަނުން ކަނޑައަޅާފައިވާ "ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ.
03 Jun 2024
ރަހީނުކޮށް ބްލެކްމެއިލް ކުރަން އުޅުން ބަޔަކު ހަވަރަށް ދީފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރަހީނުކޮށް ބްލެކްމެއިލް ކުރަން އުޅުން ބަޔަކު ހަވަރަށް ދީފިއެވެ.
03 Jun 2024
އިޒްރޭލު ޕާސްޕޯޓް މަނާކުރަން ހުށަހެޅި ބިލު މާދަމާއަށް އެޖެންޑާކޮށްފި
އިޒްރޭލުން ފަލަޞްޠީނުގައި ހިންގަމުންދާ ޤަޠުލުޢާންމާ ދެކޮޅު ހެދުމުގެ ގޮތުން، އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް ވަނުން މަނާކުރުމަށް ޤާނޫނު އިސްލާހުކުރަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. އެ ބިލްގެ ފުރަތަމަ ކިޔުން މާދަމާ އިއްވުމަށް ތާޥަލުކުރެވިފައިވާއިރު، ބަހުސް މަރުހަލާ އޮންނާނީ ތިން ދުވަސް ފަހުންނެވެ.
03 Jun 2024
ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
03 Jun 2024
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނިންމި ނިންމުމަށް ރައީސް މައުމޫންވެސް ތަޢުރީފް ކުރައްވައިފި
އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ތަޢުރީފް ކުރައްވައިފިއެވެ. ސަރުކާރުގެ މި ނިންމުމަށް ތަޢުރީފް ކުރައްވާ މައުމޫން ވަނީ، އެކްސްގައި ޕޯސްޓެއް ކުރައްވާ، އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުންނަށް ރާއްޖެ ނާދެވޭގޮތަށް ނިންމި ނިންމުން، އެހެން ދިވެހިންނެކޭ އެއްގޮތަށް އެމަނިކުފާނު ވެސް ބަލައިގަންނަ ކަމެއް ކަމަށް ވިދާޅުވެފައެވެ.
03 Jun 2024
ރަސްމީ ޢިއްޒަތުގައި ޒައިދާންގެ ޖަނާޒާ ބާއްވައިފި
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ލ. ކައްދޫގައި ކުރިއަށްގެންދިޔަ ތަމްރީނެއްގެ ތެރެއިން މިޔަރެއް ހަމަލާދިނުމާއި ގުޅިގެން ނިޔާވި ކޯޕްރަލް މުޙައްމަދު ޒައިދާންގެ ރަސްމީ ޢިއްޒަތުގައި، އޭނާގެ އުފަށް ރަށް، ރ.އުނގޫފާރުގައި ބާއްވައިފިއެވެ.
03 Jun 2024
ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރަކަށް ހުސްނީ، ނައިބަކަށް ޑރ. އާނާރާ
ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރަކަށް ޙުސްނީ މުބާރަކް އަދި ނައިބު މުޤައްރިރަކަށް ޑރ. އާނާރާ ނައީމް އިންތިޚާބުވެއްޖެއެވެ. އެ ކޮމިޓީގެ މުޤައްރިރަކަށް ޙުސްނީގެ ނަން ހުށަހެޅުއްވީ، މިއަދު ކުރިއަށް ދިޔަ ޖުޑިޝަރީ ކޮމިޓީގެ ފުރަތަމަ ކޮމިޓީ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ. އަދި މި ހުށަހެޅުމަށް ތާޢީދު ކުރެއްވީ، ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދެވެ.
03 Jun 2024
އިސްރާއީލުގެ ޕާސްޕޯޓް މަނާކުރަން ނިންމި ނިންމުމަށް ޑރ.އަލީ ޒާހިރުގެ ތައުރީފް
އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ޑރ.އަލީ ޒާހިރު ބިން ސައީދު ގާސިމް ތައުރީފް ކުރައްވައިފިއެވެ.