ހަބަރު
04 Jun 2024
ފަރުމާކުރަން ޢިއުލާންކުރި ސުވެނިއަރތަކަކީ މެންބަރުންގެ ބޭނުމަށް ހަދާ ތަކެއްޗެއް ނޫން: މަޖިލިސް
މިއަދު މީޑިއާއެއްގައި ޝާއިޢުކޮށްފައިވާ ރިޕޯޓަކަށް ރައްދުދީ މަޖިލިސް އިދާރާއިން ބުނެފައިވަނީ، ސުވެނިއަރ ތަކަކީ، ސުވެނިއަރ ޝޮޕަށް ޒިޔާރާތްކުރާ ޢާންމުންގެ ތެރެއިން އެތަކެތި ބައްލަވައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން ގަތުމަށް ބަހައްޓާފައި ހުންނަ ތަކެތި ކަމަށެވެ.
04 Jun 2024
މަޖީދިއްޔާ ސްކޫލުގެ ދަރިވަރަކު ޓީބީއަށް ޕޮޒިޓިވުމުން، އެހެން ދަރިވަރުން ޓެސްޓު ކުރަނީ
ތަޢުލީމީ ވުޒާރާއިން މިއަދު ހާމަކުރެއްވި ގޮތުގައި، މަޖީދިއްޔާ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރަކު ވަނީ ޓީބީއަށް ޕޮޒިޓިވް ވެފައެވެ. އެހެންކަމުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޕްރޮޓޮކޯލާ އެއްގޮތަށް އެ ވުޒާރާއިން ޢަމަލު ކުރަމުން ދާ ކަމަށާއި، ޓީބީއަށް ޕޮޒިޓިވް ވި ދަރިވަރުންގެ ކަންކަން ގާތުން ބަލަމުން ދާ ކަމަށްވެސް ތަޢުލީމީ ވުޒާރާއިން މައުލޫމާތު ދިނެވެ.
04 Jun 2024
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުކަމަށް 2 ބޭފުޅަކު އައްޔަނުކޮށްފި
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދު ﷲ އާއި މާފުށި ދާއިރާގެ މެންބަރު ޙުސައިން ރިޒާ އާދަމް އައްޔަނުކުރައްވައިފިއެވެ.
04 Jun 2024
ނިސްބަތްވާ ރަށަކަށް ބެލުމުގެ ބަދަލުގައި، ގޯތި ލިބެންޖެހޭ: ހުސްނީ
ނިސްބަތްވާ ވަކި ރަށަކަށް އިސްކަން ދިނުމުގެ ބަދަލުގައި، ބަންޑާރަ ގޯތި ނެތް ކޮންމެ ދިވެއްސަކަށް ގޯތި ލިބެންޖެހޭ ކަމަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ވިދާޅުވެއްޖެއެވެ.
04 Jun 2024
ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ޙަބީބާ
ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ދަފްތަރު. ނަންބަރު ރސ 9472، ފާޠިމަތު ޙަބީބާ އައްޔަނު ކުރައްވައިފިއެވެ.
04 Jun 2024
ތިން މަސްތެރޭ ގޯތި ހަވާލުކުރަން ލާޒިމުކުރާ ބިލު މަޖިލީހުން ބޭރުކޮށްލައިފި
ސަރުކާރުން ރައްޔިތުންނަށް ދޫކުރާ ގޯތިތައް ގޯތި ދޫކުރާތާ ތިން މަސްދުވަހުގެ ތެރޭގައި ހަވާލުކުރަން ލާޒިމްވާ ގޮތަށް އިދިކޮޅު އެމްޑީޕީން، ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
04 Jun 2024
އިހްސާސްތައް ދަންނަކަމަށްބުނެ ކުރީ ސަރުކާރުން ހިންގާފައި ވަނީ ޖަރިމާއެއް
ރައްޔިތުންގެ އިހްސާސްތައް ދަންނަ ކަމަށްބުނެ، ކަނޑާއި ފަޅުން ގޯތި ދީގެން ހިންގާފައިވަނީ ބޮޑު ޖަރީމާއެއް ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވިދާޅުވެއްޖެއެވެ.
04 Jun 2024
ބިމާއި ބެހޭ ގާނުނު ފާސްކޮށްފައި އޮތީ، ކަނޑުފަޅުން ގޯތި ދިން އުސޫލުން
ނިމިދިޔަ، އެމްޑީޕީ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން، ބިމާއި ބެހޭ ގާނޫނު ފާސްކޮށްފައި އޮތީ، އެމްޑީޕީ ސަރުކާރުގައި ރައްޔިތުންނަށް ކަނޑު ފަޅުން ގޯތި ދިން އުސޫލުން ކަމަށް ހެންވޭރު ދެކުނު ދާއުރާގެ މެންބަރު ހުސައިން އިމްރާން ލަތީފް (އިއްމު) ވިދާޅުވެއްޖެއެވެ.
04 Jun 2024
މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ފަސް މެންބަރުން ކަނޑައަޅައިފި!
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި، ރައީސް އާއި ނާއިބު ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓަވާ ފަސް މެންބަރުން ކަނޑައަޅައި، މިއަދު ނަންތައް ތަރުތީބުކޮށްފިއެވެ.
04 Jun 2024
މީހުން ރަހީނުކޮށް ބްލެކްމެއިލް ކުރާ ކަމަށް ތުހުމަތުވާ މީހުން ހައްޔަރަށް
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ރަހީނުކޮށް ބްލެކްމެއިލް ކުރާ ކަމަށް ތުހުމަތުވާ 4 މީހަކު ހައްޔަރު ކޮށްފިއެވެ.