ހަބަރު
27 May 2024
މާލިއްޔަތު ކޮމިޓީގެ މުޤައްރިރަކަށް ޤާސިމް، 241 ކޮމިޓީގެ މުޤައްރިރަކަށް ސަލީމް
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އަދި 241 ކޮމިޓީގެ މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް އައްޔަނު ކުރަން ނިންމައިފިއެވެ.
27 May 2024
ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދިޔަ ޤައިދީއަކު މަރުވެއްޖެ
ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުން ދިޔަ މީހަކު މަރުވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ހާމަކުރެއްވި ގޮތުގައި، މަރުވެފައި ވަނީ ޢުމުރުން 83 އަހަރުގެ ތ. ތިމަރަފުށީ / މިނިވަން އައްސޭރި އާދަމް އަލި މަނިކު ނަމަކަށް ކިޔާ މީހެކެވެ.
27 May 2024
ފަތުރުވެރިކަން ކުރިއެރުވުމަށް މަޓާޓޯއިން އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓަރސްއާ ގުޅިގެން މަސައްކަތް ފަށައިފި
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ) އިން އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓަރސް (އަޔާޓޯ) އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއަދު މަޓޯޓާ  އާއި އަޔޯޓާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ދިވެހިރާއްޖެއާއި އިންޑިއާއާއި ދެމެދު ފަތުރުވެރިކަމުގެ އެއްބާރުލުން އިތުރުކޮށް ފަތުރުވެރިކަމުގެ ސިނާޔަތާއި ގާތް ގުޅުމެއް އުފެއްދުމާއި ދެފަރާތުގެ ކުރިއެރުމަށް މަސައްކަތްކުރުމުގެ މަގުސަދުގައެވެ.
27 May 2024
ޕަޕުއާ ނިއު ގިނީގެ ބިންގަޑު ކަނޑައިގެން ދިޔުމާއި ގުޅިގެން ރައީސްގެ ތައުޒިޔާ
ޕަޕުއާ ނިއު ގިނީގެ އުތުރުގައި އޮންނަ އެންގާ ޕްރޮވިންސްގެ ކައޯކަލަމް އަވަށުގެ ބިންގަޑު ކަނޑައިގެންގޮސް އެތައް ބަޔަކު މަރުވެ ދިޔަ ހާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ގައުމުގެ ބޮޑުވަޒީރު ޖޭމްސް މަރަޕޭ އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
27 May 2024
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މިއަދު މޫސުމާ ބެހޭ މުޅި ރާއްޖެއަށް އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ، މިއަދު ހަވީރު 15:30 އިން ފެށިގެން 21:30 އާ ހަމައެވެ.
27 May 2024
އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ނާޒިލް އަދި ޑެޕިއުޓީ އަކަށް ޒިޔާދު
މާދަމާ ހުވާ ކުރުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް (ޕީޖީ) ލީޑަރަކަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އަދި ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ހަމަޖައްސައިފިއެވެ.
27 May 2024
ކެޓް ޝެލްޓާ ނިމެންދެން މަގުމަތީގައި އުޅޭ ބުޅާތަކަށް ވަގުތީ ހިޔާއެއް ފޯރުކޮށްދެނީ
ހުޅުމާލެ ފަރުކޮޅުފުށީގައި ޤާއިމުކުރާ ޕެޓް ކެއާ ފެސިލިޓީ ނިމެންދެން މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަށް ވަގުތީ ހިޔާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
27 May 2024
ދަނޑުވެރިންނަށް މިހާތަނަށް 13 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފި
ފާއިތުވެ ދިޔަ 6 މަސް ދުވަހުގެ ތެރޭގައި ސަރުކާރުން މިހާތަނަށް ދަނޑުވެރިންނަށް 13 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.