ހަބަރު
07 Apr 2024
ލީޑަޝިޕް ސަމިޓް އޭޝިޔާ 2024 ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި
ވޯލްޑް އޮފް ޓުމޯރޯ އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ލީޑަޝިޕް ސަމިޓް އޭޝިޔާ 2024 ގައި ބައިވެރި ވުމަށް ރެޖިސްޓަރވާން ހުޅުވާލައިފިއެވެ.
07 Apr 2024
ޕާޓީ އުފައްދާ ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގަންނަވާނެ: ޕީއެންއެފް
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ޕީއެންއެފްގެ ފުރަތަމަ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބުނެފިއެވެ.
07 Apr 2024
ރިހެބިލިޓޭޝަނަށް ގެންދާ ކުދިން ސިފައިންނާއި ފުލުހުންގެ ޚިދުމަތަށް ނެރެވޭނެ: އިހުސާން
ދިގުމުއްދަތަށް ރިހެބިލިޓޭޝަން މަރުކަޒަށް ގެންދެވޭ ކުދިން 18 އަހަރުވުމުން ސިފައިންގެ އަދިި ފުލުހުންގެ މުއައްސަސާގެ ޚިދުމަތަށް 3 ނުވަތަ 5 އަހަރުގެ މުއްދަތަށް ނެރެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
07 Apr 2024
ބޭހުގެ ކޮލިޓީ ކަށަވަރު ކުރެވޭނެ ނިޒާމެއް ޤާއިމުކުރެވިއްޖެ - ހެލްތު މިނިސްޓަރު
މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްޙަތު ދުވަހާ ގުޅިގެން ވަޒީރު ޑރ. ޚަލީލް ދެއްވި ޚިތާބުގައި ވިދާޅުވީ، ސިއްޙީ ފަރުވާގެ އެންމެ މުހިންމު އެއްބަޔަކީ ފަރުވާއަށް ދެވޭ ބޭސް ކަމަށާއި، ރާއްޖޭގައި ދެވޭ ބޭހަކީ ޞައްޙަ އަދި ފެންވަރު ރަނގަޅު ބޭސްކަމުގައި ކަށަވަރު ކުރުވޭނެ ނިޒާމެއް މިހާރު މިވަނީ ޤާއިމްކުރެވިފައިވާ ކަމަށެވެ.
07 Apr 2024
މި ގައުމުގެ ކުޑަކުދިން ކުށުގެ ވެށިން ސަލާމަތްކުރެވޭނީ މަޖިލީހަށް ސަރުކާރުގެ ސުޕާމެޖޯރިޓީ ދީގެން: ފާތިމަތު ތައުފީޤް
މި ގައުމުގެ ކުޑަކުދިން ކުށުގެ ވެށިން ސަލާމަތްކުރެވޭނީ މަޖިލީހަށް ސަރުކާރުގެ ސުޕާމެޖޯރިޓީ ދީގެންކަމަށް އެމްއެމްޕީއާރުސީގެ އެމްޑީ ފާތިމަތު ތައުފީޤް ވިދާޅުވެއްޖެއެވެ.
07 Apr 2024
ފެނަކައިގެ ބްރާންޗުތައް އޮތް ދަށް ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަމުން
ރާއްޖޭގެ ކަންކޮޅުތަކުގައި ފެނަކައިގެ ބްރާންޗުތައް އޮތް ދަށް ހާލަތުން އަރައިގަތުމަށް މިދަނީ މަސައްކަތް ކުރަމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
07 Apr 2024
އެންމެ ބޮޑަށް ފަހުރުވެރިވާ ސިޔާސީ ބޭފުޅަކީ އަބްދުއްރަހީމް: ރައީސް
އެންމެ ބޮޑަށް ފަހުރުވެރިވާ ސިޔާސީ ބޭފުޅަކީ ޕީއެންސީގެ ޗެއަރޕާސަން އަދި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އެޑްވައިޒަރ އަބްދުއްރަހީމް އަބްދުالله ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
07 Apr 2024
ބުލީ ކުރުން ހުއްޓުވުމުގެ ސިޔާސަތު މެނިފެސްޓޯގައި އެބައޮތް: ރައީސް
ޖިންސީ ފުރައްސާރަ އާއި ކުޑަކުދިންނަށް ބުލީކުރުން ފަދަ ކަންކަން ގިނަވެފައިވާ ކަމަށާއި އެކަންކަން ހުއްޓުވުމުގެ ސިޔާސަތު މެނިފެސްޓޯގައި އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.