ހަބަރު
08 Apr 2024
ޢީދު އަލި، މިއީ ދީނީ އަދި ޤައުމީ ބޮޑު މަސައްކަތެއް: ފަހުމީ
ޢީދު އަލި، މިއީ ދީނީ އަދި ޤައުމީ ބޮޑު މަސައްކަތެއްކަމަށް ސެޓެލްކޯގެ މެނޭޖިންގ ޑިރެކްޓާ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
08 Apr 2024
އައްޑޫ ސިޓީ ރައްޔިތުން އުއްމީދުކުރާ ތަރައްގީ ހޯދައިދޭނަން: ރައީސް ޑރ.މުޢިއްޒު
މި މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ސަރުކާރާއި ރައްޔިތުންގެ ތަރައްގީއަށް ފުރުސަތު ފަހިކޮށް ދޭނެ ކެންޑިޑޭޓުން އިންތިހާބު ކޮށް ދެއްވައިފިނަމަ ނަތީޖާ ނެރެދީ، އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާ ތަރައްގީ ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
08 Apr 2024
ޕީއެންއެފް އުފައްދާ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ނިންމައިފި
މުޙައްމަދު މަލީހު ޖަމާލު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީނުގެ ޕާޓީ ޕީއެންއެފް އުފެއްދުމަށް ބާއްވާ ތާރީޚީ ޖަލްސާ އަންގާރަ ދުވަހުގެ ރޭ 9:15 ގައި އޮންނާނެ ކަމަށެވެ. މި ޖަލްސާ ބޭއްވުމަށް ހަމަ ޖެހިފައިވަނީ ޣިޔާސުއްދީން ސުކޫލު ހޯލުގައެވެ.
08 Apr 2024
މެޑަމް ފާތުން އެންމެ މުޒާހަރާއަކަށް ވަޑައިނުގަތީ ކީއްވެތޯ: އަބްދުއްރަހީމް
ކޮރަޕްޝަން ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޖަލުގައި އޮންނެވިއިރު، ޕީޕީއެމާއި ޕީއެންސީން ކުރިއަށް ގެންދިޔަ އެންމެ މުޒާހަރާއަކަށް ވެސް ރައީސް ޔާމީން ގެ އަނބިކަބަލުން މެޑަމް ފާތުން ވަޑައިނުގަތީ ކީއްވެތޯ، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
08 Apr 2024
"އެއްބަޔަކަށް އައްޑޫސިޓީގެ ކަންކަމުގައި ބަސްކިޔަން ދިނުމުން ނަތީޖާ ނުނެރެދެވުނު"
އަބަދާއި އަބަދާއި އަބަދު އެއްބަޔަކަށް އައްޑޫސިޓީގެ ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގައި ބަސް ކިޔަން ދިނުމުން ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދެވިފައިނުވާ ކަމަށް ޕީޕީއެމް/ޕީއެންސީ ކޮންގްރެސް ގެ ލީޑަރ ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
08 Apr 2024
ރައީސްގެ ވަޢުދުފުޅުތައް ހަގީގަތަކަށް ހަދައިދިނުމަށް އެއްބާރުލުން ދޭނަން: ޢަލީ
މަޖިލީހަށް ހޮވިއްޖެނަމަ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ވައުދުފުޅުތައް ހަގީގަތަކަށް ހަދައިދެއްވަން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ހޯރަފުށީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް، ޢަލީ މޫސާ ވިދާޅުވެއްޖެއެވެ.
08 Apr 2024
އީދު ދުވަހު 4 އިން 6 އަށް އިންޖީނުލީ އަދި ބެޓެރި ވެހިކަލް ދުއްވުން މަނާ!
މި އަންނަ ފިޠުރު އީދު ދުވަހު 16:00 އިން 18:00 އަކަށް، މާލެ ސަރަހައްދުގައި އިންޖީނުލީ އަދި ބެޓެރި ވެހިކަލް ދުއްވުމަކީ މަނާކަމެއްގެ ގޮތުގައި ނިންމައިފިއެވެ.
08 Apr 2024
މިއަދުގެ ދަރުސްގެ މައުޟޫއަކަށް ރަސޫލާ (ޞއވ) ސުވަރުގެވަޑައިގެންނެވުން
އަލް ޢަސްރުން އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެން މި ރަމަޟާން މަހުގެ ފަހު ދިހައެއްގައި ކުރިއަށް ގެންދާ ޝެއިހް އިބްރާހިމް މެންކުގެ ސިލްސިލާ ދަރުސްތަކުގައި މިއަދު އަލި އަޅުވާލާނީ އަހަރެމެންގެ ލޮބުވެތި ރަސޫލާ (ސޢވ) ސުވަރުގެ ވަޑައިގެންނެވުނަ މައުލޫއަށް ކަމަށް އަލް އަސްރުން ބުނެފިއެވެ.