03 Apr 2024
މިހާތަނަށް ރާއްޖެއަށް ހަލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފި!
މިހިނގާ 2024 ވަނަ އަހަރުގެ ފުރަތަމަ ތިން މަސް ނިމުނު އިރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 6 ލައްކައަށް ވުރެ މަތިވެއްޖެއެވެ.
03 Apr 2024
ޖުމުހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް އީދަށް ހުޅުވަނީ
ޖުމުހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް އީދަށް ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
03 Apr 2024
200 އަށްވުރެން ގިނަ ބިލު މެނިފެސްޓޯ ތަންފީޒު ކުރުމަށް ފާސްކުރަންޖެހޭ: ރައީސް މުޢިއްޒު
މި ސަރުކާރުން އެކުލަވާލާފައިވާ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒުކުރަން ރައްޔިތުންގެ މަޖިލީހުން 200 އަށް ވުރެ ގިނަ ބިލު ފާސްކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
03 Apr 2024
މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް ބުނާތީ، ރައީސް ރައްދު ދެއްވީ ހެއްކާއެކު
މިސަރުކާރުން އައިސް މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާތީ، އެފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ރައްދު ދެއްވައިފިއެވެ.
03 Apr 2024
މިސްކިތްތަކުން ފަންކާ ވަގަށް ނަގާ މީހާ ހައްޔަރުކޮށްފި
އެކި މިސްކިތްތަކުން ފަންކާތަކެއް ވަގަށް ނަގާފައިވާ މައްސަލައާ މީހަކު ހައްޔަރުކޮށް ވަގަށް ނަގާފައިވާ 6 ފަންކާ ހޯދައިފިއެވެ.
02 Apr 2024
ދަމުނަމާދަށް ހުރި މީހެއްގެ ފޯނާއި ވޮލެޓް ވަގަށް ނެގި ދެ މީހަކު ބަންދަށް
ދަމުނަމާދަށް ހުރި މީހެއްގެ ފޯނާއި ވޮލެޓް ވަގަށް ނެގި ދެ މީހަކު ބަންދުކޮށްފިއެވެ.
02 Apr 2024
މުޅި ދައުލަތް ދިނުމުންވެސް ބޯހިޔާވަހިކަމަށް ޙައްލެއް ނުގެނެވުނު
ނިމިދިޔަ ސަރުކާރުގައި ވެރިކަންކުރި މައި ޕާޓީ، އަދި މިހާރުގެ އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް މުޅި ދައުލަތް ލިބިފައި އޮތް އިރުވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރެއްވީ ދައުރު ނިމެން ވުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
02 Apr 2024
ރާއްޖެ އެތެރެކުރަން އުޅުނު 3.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ކުރިޔާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.3 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ. އިއްޔެ ކަސްޓަމްސްއިން ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކާގޯ ޔުނިޓުން އެތެރެކުރި ދެ ޕެކޭޖެއް، މާރޗު މަހުގެ 20 ވަނަ ދުވަހު ބަލާ ފާސްކުރުމުގެ ތެރޭގައި، ޝައްކުކުރެވޭ ބާވަތެއް ފެނުމުން، އިތުރަށް ބަލާ ފާސްކުރުމުން، މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.