ހަބަރު
01 Apr 2024
މެންބަރުކަމުގެ މުސާރަ އުނިކޮށްދިނުމަށް ނަޝީދު އެދިވަޑައިގެންފި
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިއްޔެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމަށް ފޮނުއްވި ސިޓީއެއްގައި ވަނީ، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ކުރަން ޖެހޭ މަސައްކަތްތަކަށް އެ މަނިކުފާނު ހުންނެވީ ގާނާގައި ކަމަށާއި އެ މަސައްކަތް ނަޝީދާ ރަސްމީކޮށް ހަވާލުކުރުމަށް ހަމަޖައްސަންޖެހޭ ކަންކަން މިދިޔަ މަހުގެ މެދުތެރޭގައި ގާނާގެ ޕާލިމެންޓުން ސީވީއެފް ސެކްރެޓްރިއޭޓްއާ ބެހޭ ގަރާރު ފާސްކޮށްފައިވާތީ މި ދައުރުގެ ބާކީ އޮތް މުއްދަތަށް ލިބޭ މުސާރަ އުނިކޮށްދެއްވުމަށެވެ.
01 Apr 2024
ދެ ހަފްތާގެ ރެއިޑަކަށްފަހު އިސްރާއީލު ސިފައިން، ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުން ނުކުމެއްޖެ
​​ދެ ހަފްތާގެ އޮޕަރޭޝަނަކަށް ފަހު ނިރުބަވެރި އިސްރާއީލުން، ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުގައި ތިބި ސިފައިން އަނބުރާ ގެންގޮސްފިއެވެ.
01 Apr 2024
މަޖިލީހުން ފާސްކުރި އެންޓި-ޑިފެކްޝަން ބިލު ރައީސް މުޢިއްޒު ތަސްދީގުކުރައްވަން ޖެހޭ: ޝާހިދު
ރައްޔިތުންެގެ މަޖިލީހުން މިއަދު ފާސްކުރި އެންޓި ޑިފެކްޝަން ބިލު ލަސްނުކޮށް ތަސްދީގުކޮށްދެއްވުމަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހުން އެދިވަޑައިގެންފިއެވެ.
01 Apr 2024
ކަނޑުގެ ސަރަހައްދު ބެލެހެެއްޓުމަށް ކަސްޓަމްސްގެ ޚާއްސަ ސެކްޝަނެއް އުފައްދައިފި
ކަސްޓަމްސްއިން "މެރިޓައިމް ސަރވައިލަންސް އެންޑް ބޯޑަރ ޕްރޮޓެކްޝަން" ގެ ނަމުގައި ޚާއްސަ ސެކްޝަނެއް އުފައްދައިފިއެވެ.
01 Apr 2024
ދައުލަތަަށް އެންމެ ފައިދާ ބޮޑުވާނީ ނިލަންދޫގައި އެއާޕޯޓް އެޅުމުން: ޢަބްދުލްމުހުސިން
ސަރުކާރުން ފ އަތޮޅުގައި އެއާޕޯޓްއެއް އަޅާނަމަ ދައުލަތަށް އެންމެ ފައިދާވާނީ ނިލަންދޫގައި އެއާޕޯޓް އެޅުމުން ކަމަށް ނިލަންދޫ ދާއިރާގެ މެމްބަރު ޢަބްދުލް މުހުސިން ހަމީދު ވިދާޅުވެއްޖެއެވެ.
01 Apr 2024
މިރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްޕެއިން ޖަލްސާތަކުގައި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަންނަވާން
2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި އެކިއެކި ދާއިރާތަކަށް ވާދަކުރައްވާ ސަރުކާރު ކެންޑީޑޭޓުންގެ ކެމްޕެއިން ޖަލްސާތައް ކޮންމެ ރެއަކި މާލޭގައި ބާއްވަމުންދާގޮތަށް، މިރޭވެސް 02 ދާއިރާއެއްގެ ޖަލްސާ މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
01 Apr 2024
ޕީޕީއެމްގެ މަސައްކަތްތައް އެނގޭނީ ޕާޓީ ދޫކުރި މީހުންނަކަށް ނޫން: ހީނާ
ޕީޕީއެމް/ޕީއެންސީގެ މަސައްކަތް ކުރިއަށްދާގޮތް އެނގޭނީ ޕާޓީ ދޫކުރައްވައި ވަޑައިގެންނެވި ބޭފުޅުންނަކަށް ނޫން ކަމަށް މަޖިލިސް އިންތިހާބުގެ ޕްރޮގްރެސިވް ކޮންގްރެސްގެ ޗީފް ސްޕޯކްސްޕާސަން އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
01 Apr 2024
އިސްލާމީވަންތަ ލައިޓްތަކާއި އެކު އީދަށް ރަށްތައް ޒީނަތްތެރިކުރަނީ!
ކުރިއަށް އޮތް ފިތުރުއީދަށް އިސްލާމީވަންތަ ލައިޓްތަކާއި އެކު ރާއްޖޭގެ ރަށްތައް ޒީނަތްތެރި ކުރެވޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
01 Apr 2024
ތަގުވާ މިސްކިތުން ފަންކާތައް ވަގަށް ނެގި މީހާ ހައްޔަރުކޮށްފި
ތަގުވާ މިސްކިތުން ފަންކާތައް ވަގަށް ނެގި މީހާ ހައްޔަރުކޮށްފިއެވެ.
01 Apr 2024
އެމްއެމްޕީއާރުސީގެ މުއައްޒަފަކު ޖިންސީ ފުރައްސާރަކުރިކަމަށް ބުނާ މައްސަލައެއް ބަލަނީ
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މުއައްޒަފަކު ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއް ސޯޝަލް މީޑިއާ ތެރޭ ދައުރުވަމުންދާތީ، އެކުންފުނިން އެމައްސަލަ ބަލަން ފަށައިފިއެވެ.