30 Mar 2024
ރައީސް ހެންވޭރު ދެކުނާއި މެދު ހެންވޭރު ދާއިރާގެ ދޮރުން ދޮރަށް!
ސަރުކާރު ކޯލިޝަން ގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ލީޑަރު އަދި ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ދޮރުންދޮރަށް ކެމްޕޭން ހަރަކާތް މިއަދު ކުރިއަށް ގެންދާނީ ހެންވޭރު ދެކުނާއި މެދު ހެންވޭރު ދާއިރާގައި ކަމަށް ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
30 Mar 2024
ޕީޕީއެމަށް ދިރުން ލިބޭނެ ގޮތް އެނގޭނީ ޕީޕީއެމްގެ ލީޑަރޝިޕަށް: އަބްދުއްރަހީމް
ސަރުކާރުގެ ކޯލިޝަންގެ ތެރޭގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ދިރުން ލިބޭނެ ގޮތާއި ނުލިބޭނެ ގޮތް އެނގޭނީ ޕީޕީއެމް ގެ ލީޑަރޝިޕަށް ކަމަށް ކޯލިޝަންގައި ހިމެނޭ އަނެއް ޕާޓީ، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.
30 Mar 2024
ސިޔާސީ މީހުންގައިގައި އަތްލުމަކީ އެސަރުކާރެއް ގޮތް ހުސްވުން: ޞާލިހު
ސިޔާސީ މީހުން ހައްޔަރު ކުރަން ފެށުމަކީ ސިޔާސީ ގޮތުން އެ ސަރުކާރެއް ގޮތް ހުސްވުންކަމަށް އިދިކޮޅު އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
30 Mar 2024
އަމިއްލައަށް ޤާއިމުކުރެވެން ހުރި ކަންކަން އަމިއްލައަށް ޤާއިމުކުރުމަކީ މުސްތަޤުބަލަށްޓަކާ އެޅޭނެ އެންމެ ވަރުގަދަ ބިންގާ - ރައީސް
އަމިއްލައަށް ޤާއިމުކުރެވެން ހުރި ކަންކަން އަމިއްލައަށް ޤާއިމުކުރުމަކީ ރައްޔިތުންގެ މުސްތަޤުބަލަށްޓަކާ އެޅޭނެ އެންމެ ވަރުގަދަ ބިންގާ ކަމުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
30 Mar 2024
ޓެކްސް ފައިސާ އިތުރުވީ އަޅުގަނޑުމެންގެ ވެރިކަމުގައި: ރައީސް ޞާލިހު
ޓެކްސް އަށް ލިބުނު ފައިސާ އިތުރުވީ މިދިޔަ ސަރުކާރުގެ ވެރިކަމުގައި ކަމަށް އިދިކޮޅު އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
30 Mar 2024
ރައީސް ލަޝްކަރު ވަރުގަދަކޮށް، ގައުމު ބިނާކުރުމުގައި ދެމިހުންނަވާނެ: ފަޒުލް
ސަރުކާރު ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ލަޝްކަރު ވަރުގަދަކޮށް، ގައުމު ބިނާ ކުރެއްވުމުގައި ކޯލިޝަންގެ ލީޑަރު އަދި ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހުންނަވާނެ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
29 Mar 2024
ޓޫރސްޓުންނަށް ޚިދުމަތްދިނުމަށް ނެރެވުނު އެނދުގެ އަދަދު އިތުރުވެއްޖެ
ވޭތުވެ ދިޔަ މަހުގައި ޓޫރސްޓުންނަށް ޚިދުމަތްދިނުމަށް ނެރެވުނު އެނދުގެ އަދަދު އިތުރުވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީއިން ހާމަކުރައްވައިފިއެވެ. މިނިސްޓްރީއިން ވިދާޅުވިގޮތުގައި، ހަމަ އެކަނި މި މަހު 62،206 އެނދު އޮޕެރޭޝަނަށް ނެރެވިފައި ވާއިރު، މިއީ، މިދިޔަ މަހާ އަޅާ ބަލާއިރު 263 އެނދުގެ ކުރިއެރުމެކެވެ.
29 Mar 2024
އެއާޕޯޓް އެޅުމުގެ ކަންކަމުގައި ފައިނު ކައުންސިލާއި މަޝްވަރާ ކުރަން އެދިއްޖެ
ރ. ފައިނުގައި އެއާޕޯޓެއް އެޅުމާއި ގުޅޭގޮތުން އެ ރަށުގެ ކައުންސިލާއިއެކު މަޝްވަރާތައް ކުރިއަށް ގެންދެވުމަށް އެ ކައުންސިލުމް އެދިއްޖެއެވެ.