ހަބަރު
29 Mar 2024
ކޭބަލް ވިއުގައިގެ މަތީގައި އިޝްތިހާރު ބޯޑު ހަރުކުރާތީ އެމްޑީގެ ކަންބޮޑުވުން
މާލެ، ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއްވިއުގައަކުން ގުޅާލުމަށް ޤާއިމްކޮށްފައިވާ ގްރޭޓަރމާލެ އިންޓަކަނެކްޝަން ގްރިޑްގައި ހިމެނޭ ކޭބަލް ވިއުގައިގެ މައްޗަށް ދަގަނޑު ޖަހައި އިސްތިހާރު ބޯޑުތައް އަދިވެސް ޖަހަމުންދާތީ ސްޓެލްކޯއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
29 Mar 2024
ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިން މުހިންމު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޚާއްޞަކޮށް ރަމަޟާންމަހުގައި ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
28 Mar 2024
ޗައިނާ ސަރުކާރުން ރާއްޖެއަށް 10 އުޅަނދު ހަދިޔާ ކުރައްވައިފި
ޗައިނާ ސަރުކާރުން ރާއްޖެއަށް 10 އުޅަނދު ހަދިޔާ ކުރައްވައިފިއެވެ. ޗައިނާގެ ޝަންޑޮންގ ޕްރޮވިންސުގެ ފަރާތުން ހަދިޔާ ކުރެއްވި 10 އުޅަނދު ހަވާލުކުރެއްވީ، ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގ ލިޒިންއެވެ. މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް، ޕަބްލިކް ވަރކްސްގެ ފަރާތުން މި ހަދިޔަލާއި ހަވާލުވެލެއްވީ، މިނިސްޓަރ އާދަމް ޝަރީފެވެ.
28 Mar 2024
ފިތުރު ޒަކާތުގެ ގޮތުގައި ފުރަތަމަ ދިހައެއްގައި 1.5 މިލިއަނަށްވުރެ ގިނަ ފައިސާ
މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. މިނިސްޓްރީއިން ހާމަ ކުރި ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގައި 1,599,113 (އެއްމިލިޔަން ފަސްލައްކަ ނުވަދިހަ ނުވަހާސް އެއްސަތޭކަ ތޭރަ ރުފިޔާ) ރުފިޔާ ލިބިފައިވެއެވެ.
28 Mar 2024
ޖޫރިމަނާ މާފު ކޮށްދޭނީ ޑިސެމްބަރު 31ގެ ނިޔަލަށް ބިލްތައް ދެއްކުމުން
ފެންބިލާ ކަރަންޓު ބިލުގެ ޖޫރިމަނާ މާފު ކޮށްދޭނީ އޭޕްރީލް 1 އިން ޑިސެމްބަރު 31، 2024ގެ ނިޔަލަށް ޖޫރިމަނާ ވެފައިވާ ބިލްތަކުގެ ޖުމްލަ ފައިސާ ދައްކާ ހަލާސް ކުރުމުން ކަމަށް އެމްޑަބްލުއެސްސީއިން ބުނެފިއެވެ.
28 Mar 2024
ހުޅުމާލޭގައި "އިސްރަށްވެހިންގެ ނާދީ" ތަރައްޤީކުރުމަށް ފަހުމުނާމާގައި ސޮއިކޮށްފި
ހުޅުމާލޭގައި "އިސްރަށްވެހިންގެ ނާދީ" ތަރައްޤީ ކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރައްވައިފިއެވެ.
28 Mar 2024
17 ރަށަކަށް ލެބޯޓަރީ އިކުއިޕްމަންޓު ހޯދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
17 ރަށަކަށް ލެބޯޓަރީ އިކުއިޕްމަންޓު ހޯދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
28 Mar 2024
ޕާސްޕޯޓުގެ ހިދުމަތް ފަށާއިރު، އިމިގްރޭޝަންގެ ހިދުމަތްތައް ވެސް ލިބިގެންދާނެ: ޝައްމާން
ރާއްޖޭގެ އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލް ތަކުގައި ޕާސްޕޯޓް ހެއްދުމުގެ ހިދުމަތް ފަށާއިރު، އިމިގްރޭޝަން ގެ އެހެނިހެން ހިދުމަތްތައް ވެސް ލިބިގެންދާނެ ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލަރ މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ.