ހަބަރު
08 Mar 2024
ޕީއެންއެފް ކެންޑިޑޭޓުން ނެރުނީ، ސަރުކާރު ދިފާއުކުރަން
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރަން ޕީއެންއެފްގެ ކެންޑިޑޭޓުން ނެރުނީ އެމްޑީޕީއަށް އެއްވެސް ގޮނޑިއެއް ލިބުނަ ނުދޭން ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
08 Mar 2024
ހުރިހާ ރައްޔިތުންނަށް ވެސް ގެދޮރުވެރިކަން ލިބިގެންދާނެ
މާލެ ސަރަހައްދުގައި ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫއު ތަކުން އެންމެ އިސްކަމެއް ދެއްވާނީ މާލޭގެ ރައްޔިތުންނަށް ކަމަށާއި އެހެން ނަމަވެސް، އެ ސަރަހައްދުގައި ދިރިއުޅެމުންދާ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ފުރުސަތު ލިބޭނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
08 Mar 2024
ރާއްޖެ އާއި އިންޑިޔާ ވަރިއެއް ނުކުރެވޭނެ: ރައީސް ނަޝީދު
ދިވެހިރާއްޖެއާއި އިންޑިޔާ އަކީ އެއް ފޮތަކުން ކިޔަވައިގެން ތިބި، އެއް ބައެއް ކަމަށާ، މި ދެގައުމަކީ ވަރިކުރެވޭނެ ދެ ގައުމު ނޫން ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
08 Mar 2024
ރައީސް މުޢިއްޒަށް ވެރިކަން ލިބިލެއްވީ އިންޑިޔާ އާއި ދެކޮޅު ވީމައެއް ނޫން
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒަށް ވެރިކަން ލިބިލެއްވީ، އެމަނިކުފާނު އިންޑިޔާއާއި ދެކޮޅު ވެވަޑައިގެންނެވުމުން ނޫން ކަމަށާ، އެހެނެއް ކަމަކު އޭރު ވެރިކަން ކުރަމުންދިޔަ މައި ޕާޓީ، އެމްޑީޕީ ބަލިކަށި ވުމުން ކަމަށް ކުރީގެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
08 Mar 2024
މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއިން ނަގާނީ ބޮޑުތަނުން: ޝާހިދު
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް ލިބޭނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ޚާރިޖީވަޒީރު އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
08 Mar 2024
ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިލަންދެއަތޮޅު ދެކުނުބުރިއަށާއި، މުލަކަތޮޅު އަދި ފެލިދެއަތޮޅުގެ ބައެއް ރަށްތަކާއި މާލެއަތޮޅު ދެރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
07 Mar 2024
ހުޅުމާލޭގެ ފޭސް 2 ގައި މިސްކިތެއް ހުޅުވައިފި
ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ފޭސް 2 ގައި ވަގުތީ މިސްކިތެއް މިއަދު ހުޅުވައިފިއެވެ.
07 Mar 2024
ސަރުކާރުން ހަދިޔާކުރާ ހަނޑޫ އަދި ފުށް ބަހަން ތައްޔާރުވެއްޖެ!
ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާންމަހު ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާ ކުރާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް ބެހުމަށް އެސްޓީއޯއިން ތައްޔާރުވެއްޖެއެވެ.