07 Mar 2024
އެޗްޑީސީގައި ހިނގާފައިވާ ނާޖައިޒް ކަންކަން އޭސީސީއަށް
ކުރީ ސަރުކާރުގައި އެޗްޑީސީ ހިންގަން ތިބި ވެރިން ވަނީ ނާޖާއިޒު ގިނަ ކަންތައްތަކެއް އެ ކުންފުނީގެ ތެރޭގައި ހިންގާފައި ކަމަށާއި އެކަންކަމާ ގުޅޭ އެތެރޭގެ އޮޑިޓެއް ހެދުމަށް ފަހު، މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.
06 Mar 2024
އިޓްލޮސް މައްސަލާގައި އެކުލަވާލި ކޮމިޓީގެ ރިޕޯޓް އާންމުކުރަނީ!
އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ މައްސަލާގައި ރާއްޖެއަށް ނާކާމިޔާބުވީ އެ މައްސަލާގައި ބަހުސް ކުރި ވަކީލުންގެ ސަބަބުން ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ބުނެފައިނުވާނެ ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
06 Mar 2024
ކައުންސިލަކުން ނެރޭ ބަޔާޏެއް އެލްޖީއޭ އަކަށް ބާތިލު ކުރަން ނޭންގޭނެ: އޭޖީ
ކައުންސިލަކުން ނެރޭ ނޫސްބަޔާނެއް ބާތިލްކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އެންގިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
06 Mar 2024
މ އަތޮޅުގައި ޕިކްނިކް އައިލެންޑެއް ޤާއިމުކޮށްދިނުމަށް އެދެފި
މ އަތޮޅުގައި ޕިކްނިކް އައިލެންޑެއް ޤާއިމުކޮށްދިނުމަށް އެ އަތޮޅު ކައުންސިލުން އެދެފިއެވެ.
06 Mar 2024
ދިވެހިންގެ ވެރިކަން ކޮށްދޭތީ، ދެކޮޅަށް ޖަދަލުކުރާ މީހާ ވާނީ ގައުމުގެ ދުޝްމިނަކަށް: އަބްދުއްރަހީމް
ދިވެހީންގެ ވެރިކަން ދިވެހިންނަށް ކޮށްދޭން ބަޔަކު ނުކުތުމުން، އެއާ ދެކޮޅަށް ޖަދަލުކުރާ މީހާ ވާނީ ގައުމުގެ ދުޝްމިނަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
06 Mar 2024
ނާލާފުށީގެ ކޯޒްވޭ އާއި ފެނާ ނަރުދަމާގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށް އެދެފި
މ.ނާލާފުށީގެ ކޯޒްވޭ އާއި ފެނާ ނަރުދަމާގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށް އެރަށުގެ ކައުންސިލުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެ އަރިހުން އެދެފިއެވެ.
06 Mar 2024
މުލަކުގައި ހޮސްޕިޓަލެއް ގާއިމުކުރަން ކުރަންޖެހޭ މަސައްކަތްތައް ކުރާނަން: ރައީސް
މ.މުލަކުގައި ހޮސްޕިޓަލެއް ގާއިމުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
06 Mar 2024
ރޯދަމަހު މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ނުހިންގުމަށް އެދިއްޖެ
ރޯދަމަހު ވީހާވެސް ބޮޑަކަށް އަޅުކަމަށް މަގުފަހިވެ، ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި ޢާދަކާދައާއި އުޞޫލުތައް އާލާވާން ފުރުޞަތު ފަހިކުރުވުމަށް، ރޯދަމަހުގެ ދުވާލުގެ ވަގުތާއި އަދި ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކުގައި އެއްވެސް ބާވަތެއްގެ ކުޅިވަރު ޙަރަކާތްތަކާއި މުނިފޫހި ފިލުވުމުގެ ޙަރަކާތްތަކެއް އެއްވެސް ބަޔަކު އެއްވެސް މިންވަރަކަށް އިންތިޒާމްކޮށް ނުހިންގުމަށް ގދ. ތިނަދޫ ކައުންސިލްގެ އިދާރާ އިލްތިމާސްކޮށްފިއެވެ.