ހަބަރު
12 Feb 2024
ސުޕްރީމްކޯޓަށް ގޮންޖަހައި ދައުލަތް ހިންގުމުގެ ނިޒާމާއި މަޖިލިސްތެރެއިން ކުޅެން އެމްޑީޕީން ހުށަހަޅައިފި
ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރުމަށް އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓުން ރައްޔިތުންގެ މަޖިލީހުގެތެރޭގައި ކުޅެމުންދާ ގޭމަށް އާބޮޅެއް މިއަދު އިތުރުކޮށްފިއެވެ. މިއަދު އެމްޑީޕީން ކުރިކަމަކީ ވަޒީރުންނާއި ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެތެރޭގައި ކަނޑައަޅާފައި އޮންނަ ނިޒާމު ރޫޅާލައި ރައީސުލްޖުމްހޫރިއްޔާއާއި ނާއިބް ރައީސް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބުދާރީކުރުމުގެ އިސްލާހެއް ހުށަހެޅުމެވެ.
12 Feb 2024
ލިސްޓް ބާތިލްކޮށް އަލުން އިއުލާން ނުކުރާނެކަމުގެ ޔަޤީންކަން މިނިސްޓްރީން ވަނީ ދީފަ: އެޗްއާރުސީއެމް
ނިމިދިޔަ އިބުރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އެންމެފަހުވަގުތު ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ދިނުމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓް ބާތިލްކޮށް އަލުން އިޢުލާނު، ނުކުރައްވާނެކަމުގެ ޔަޤީންކަން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ދީފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން (އެޗްއާރުސީއެމް) ބުނެފިއެވެ.
11 Feb 2024
މަސްކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް
މާދަމާ އިން ފެށިގެން މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
11 Feb 2024
އޭސީސީން ބުނީ ދައުރުވަމުން ދަނީ އެކޮމިޝަނުގެ ލިސްޓެއް ނޫންކަމަށް
ރައީސް ޞާލިޙްގެ ސަރުކާރުން އެންމެފަހުވަގުތު ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ 4000 ފުލެޓާއި ގުޅިގެން ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދަނީ އޭސީސީން ތައްޔާރުކޮށްފައިވާ ލިސްޓެއް ނޫންކަމަށް އެކޮމިޝަނުން ބުނެފިއެވެ.
11 Feb 2024
ވަރުގަދަ ޓީމަކާއިއެކު އަޒާންގެ ކެންޑިޑެންސީ ފޯމު ހުށަހަޅައިފި
ނިމިދިޔަ ސަރުކާރުން ހިންގި ކަރަޕްޝަންގެ ގިނަ ކަންތައްތަކެއް އާއްމުރައްޔިތުންނާއި ހިސާބަށް ގެނެސްދީ ދިވެހިންގެ ގިނަބައެއްގެ މަޤްބޫލުކަން ހޯދާފައިފައިވާ ނޫސްވެރިޔާ އަހްމަދު އަޒާން (ދިޔަރެސް އަޒާން) ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާއަށް ވާދަކުރައްވުމަށް ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައިފިއެވެ.
11 Feb 2024
ވޯލްޑް ގަވަރމަންޓް ސަމިޓަށް ރައީސް ޔޫއޭއީއަށް ފުރާވަޑައިގެންފި
ކޮންމެއަހަރަކު އެއްފަހަރު ޔުނައިޓެޑް އެރެބި އެމެރޭޓްސްގެ ދުބާއީގައި ބާއްވަމުންދާ ވޯލްޑް ގަވަރމަންޓް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމުހޫރިއްޔާ ޑ.މުހައްމަދު މުއިއްޒު ޔޫއޭއީއަށް ފުރާވަޑައިގެންފިއެވެ.
11 Feb 2024
‏ހުޅުމާލެ ފަރުކޮޅުފުށީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެ
ހުޅުމާލެ ފަރުކޮޅުފުށީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
11 Feb 2024
ބީބީއެންޖޭގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދީފި
އދގެ އާންމު މަޖިލީހުގައި ފާސްކުރި މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކުރުމާބެހޭ މުއާހަދާއެއްކަމަށްވާ "ބަޔޯޑައިވަރސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން" (ބީބީއެންޖީ) ގައި ރާއްޖޭން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފިއެވެ.
11 Feb 2024
ސުޕްރީމް ކޯޓުގެ އަމުރަށް އަމަލު ނުކުރުމަށް މަޖިލީހުން ނިންމައިފި
ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުން ގުނާއިރު، މަޖިލިހުން ވަކިވެފައި ތިބި މެންބަރުން ނުގުނާގޮތަށް ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރަން މަޖިލީހުން މިއަދު ނިންމައިފިއެވެ.
11 Feb 2024
ރޯދައިގެ ފަހުން އިންތިހާބު ބާއްވަން މަޖިލީހުން ފާސްކޮށްފި
ރޯދައިގެ 10 ދުވަސްފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް މަޖިލީހުން ފާސްކޮށްފިއެވެ.