09 Feb 2024
ކެމްޕޭނުގައި، ރައީސް ދެއްކެވި ވާހަކަތަކުގެ ފޮތް ޝާއިޢުކޮށްފި!
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން، ދިވެހި ރައްޔިތުންނާ މުޚާޠަބުކުރައްވައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދެއްކެވި ވާހަކަފުޅުތަކުގެ ފޮތް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރައްވައިފިއެވެ.
09 Feb 2024
ނައިފަރު ވެމްކޯ ސައިޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ޅ.ނައިފަރު ވެމްކޯ ސައިޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
09 Feb 2024
އޮޅުވާލައިގެން މީހެއްގެ އެކައުންޓުން ދެ ލައްކަ ރުފިޔާ ނަގައިފި
ފުލެޓެއް ލިބިއްޖެ ކަމަށް ބުނެ މީހެއްގެ އެކައުންޓުގައި ހުރި ދެ ލައްކަ ރުފިޔާ މަކަރާއި ހީލަތުން ނަގާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
09 Feb 2024
އެމްޕީއެލްގެ ފުލެޓްތަކުގެ ކުލިވެސް ފަސްކޮށްދީ ކުޑަކޮށްދެނީ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންނަށް ދޫކޮށްފައިވާ "ޕޯޓް ރެސިޑެންސް" އެޕާޓްމެންޓްތަކުގެ ކުލި ކުޑަ ކޮށްދީ، ކުލި ދައްކަން ފަށާ މުއްދަތު ފަސް ކޮށްދެއްވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
09 Feb 2024
އެންމެފަހުން އެފްކޮންސް ގުވައިގެން އީޕީއޭ އިން ކޯޓަށް ދަނީ
ތިލަމާލެ ބްރިޖް ހެދުމުގެ މަސައްކަތް ކުރަމުން ގެންދާ އިންޑިއާގެ ކުންފުނި، އެފްކޮންސްއިން ބޭނުންކުރަމުން ގެންދިޔަ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި، ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ކުންފުނި ކޮށްފައިވާ ޖޫރިމަނާ ދައްކަށްޖޭހޭ މުއްދަތު ހަމަވިއިރު ވެސް ދައްކާފައި ނުވާތީވެ، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ
08 Feb 2024
ހަމަސް ދުވަހުގެ ތެރޭގައި ޑުރޯން ބޭނުންކޮށްގެން ބޭސް އުފުލަން ފަށަނީ
ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ޑްރޯން ބޭނުންކޮށްގެން ބޭސް އުފުލުގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
08 Feb 2024
ރައީސުލްޖުމްހޫރިއްޔާ ތ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަޤާމާއި ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ރައީސް ޑރ.މުހައްމަދު މުއިއްޒު ފުރަތަމަ ފަހަރަށް ރާއްޖޭގެ އަތޮޅުތަކަށް ކުރައްވަން ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 3 ދުވަހަށް ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފިއެވެ.
08 Feb 2024
ރައީސް އަޒުލުކުރުމާއި ގުޅޭ އިސްލާހަށް އަމަލުނުކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި
ރައީސް އަޒުލު ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަށް މިވަގުތަށް އަމަލުނުކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.