ހަބަރު
07 Feb 2024
ރާއްޖޭގެ އިގްތިސާދު 5.2 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭ: އައިއެމްއެފް
ރާއްޖޭގެ އިގްތިސާދު މިއަހަރު 5.2 ޕަސެންޓަށް ކުރިއަރާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކޮށްފިއެވެ.
07 Feb 2024
ބޯހިޔާވަހިކަމަކީ ވޯޓަކަށްޓަކައި އުކާލާ އެންގަނޑަކަށް ނަހަދާ
މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް އެންމެ ފަހުވަގުތާ ޖެހެންދެން ނުބެހެއްޓިނަމަ، މާލޭ ރައްޔިތުން މިހާރު ތިބޭނީ އެމީހުންނަށް ލިބުނު ގޯތި ތަކާއި ފުލެޓް ތަކުގެ ތެރޭގައި ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުالله ވިދާޅުވެއްޖެ އެވެ.
07 Feb 2024
ކުނި ރަނގަޅަށް ވަކި ކުރުމަށްފަހު ހަވާލު ކުރުމަށް ވެމްކޯ އިން އެދެފި
އުކާލުމަށް ހަވާލުކުރާ ކުނި އޭގެ އެންމެ ފުރިހަމަ ގޮތުގައި ވަކިކުރުމަށް ފަހު ހަވާލުކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އެދެފިއެވެ.
07 Feb 2024
ސައުދީގައި ކިޔަވާ ދަރިވަރުންނަށް ހައްޖާޖީންނަށް އެހީވުމުގެ ފުރުސަތު
ސައޫދީގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުން، ޙައްޖު މޫސުމުގައި ހާޖީންނަށް އެހީތެރިވުމަށް ހައްޖުގައި ބައިވެރިވުމުގެ ފުރުޞަތު ދެއްވުމަށް އެދި ހުށަހެޅި ހުށެހެޅުން، ސައުދީ ހައްޖު ވުޒާރާއިން ގަބޫލުކޮށް، އެކަން ހަމަޖެހިފައިވާކަން ރަސްމީކޮށް މިނިސްޓްރީއަށް މިއަދު އަންގައިފިއެވެ.
07 Feb 2024
ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރަން ވަރަށް އަވަހަށް ފަށާނަން
ހުއްޓިފައިވާ ތ.ބުރުނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ވަރަށް އަވަހަށް އަލުން ފަށްޓަވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
07 Feb 2024
ވޭމަންޑޫ ބިން ހިއްކަން ވަރަށް އަވަހަށް ފަށާނަން
ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ނުކުންނަވައި ހުންނެވީ ވަރަށް 'ސީރިޔަސް' މަސައްކަތްތަކެއް ކުރައްވަން ކަމަށެވެ. އަދި އެމަނިކުފާނުގެ މުޅި ކެބިނެޓާއި ސަރުކާރު ކުންފުނިތައްވެސް، ރެއާއި ދުވާލު މަސައްކަތް ކުރައްވަމުންދަނީ އެ ރޫހުގައި ކަމަށް ވިދާޅުވި އެވެ.
07 Feb 2024
ލަސްނުވެ ރާއްޖެއިން ދުބާއިގެ މަންޒަރުތައް ފެންނާނެ: ޝަރީފު
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ތަސައްވުރާއި އެއްގޮތަށް ރާއްޖެ ޢުމްރާނީ ގޮތުން ތަރައްގީވެ މާ ގިނަ ދުވަހެއް ނުވެ، ރާއްޖޭގެ އެކި ހިސާބުތަކުން ދުބާއީގެ މަންޒަރުތައް ފެންނަމުންދާނެ ކަމަށް ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
07 Feb 2024
އެއްގަމާއި ކަނޑު އަމިއްލައަށް ބަލަހައްޓާ ވާހަކައަށް ހަޖޫޖެހުމުން ރައީސް ރައްދު ދެއްވައިފި
ދިވެހިންގެ އިގްތިޞާދީ ސަރަހައްދު ހިމާޔަތްކޮށް ބަލަހައްޓާނީ ދިވެހިންކަމަށް ބުނުމުން އޭގެ މާނަ އޮޅުވާލައި އެކަމަށް ހަޖޫޖަހާ ޖޯކު ޖަހަމުންގެންދާ އިދިކޮޅު ފަރާތްތަކަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިރޭ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.