ހަބަރު
07 Feb 2024
ފޭސްބުކް ލައިވުގައި ވަޒީރު ޑރ. އައިޝާ އާއި ސުވާލުކުރުމުގެ ފުރުޞަތު
ފޭސްބުކް ލައިވުގައި ވަޒީރު ޑރ. އައިޝާ އާއި ސުވާލުކުރުމުގެ ފުރުޞަތު އެކަމަނާގެ ވުޒާރާ، (އިޖުތިމާއި އަދި އާއިލީ ތަރައްޤީ އާއި ބެހޭ ވުޒާރާ) އިން އާއްމުންނަށް ހުޅުވާލައިފިއެވެ.
07 Feb 2024
ބޭރުގައި ތިބޭ ދިވެހި ދަރިވަރުންނަށް ދިވެހި އިސްލާމް ކިޔަވައިދޭ ޕްރޮގްރާމް ފަށަނީ
މިސަރުކާރުން ނިންމާފައިވާ ފަދައިން ރާއްޖެއިން ބޭރުގައި ތިބި ދިވެހި ދަރިވަރުންނަށް ދިވެހި އިސްލާމް ކިޔަވައި ދިނުމުގެ ޕްރޮގްރާމް އަންނަ ހަފުތާގައި ފަށަނެކަމަށް މި ސަރުކާރުން ހާމަކުރައްވައިފިއެވެ.
07 Feb 2024
އޭސީސީން ތަފްސީލް ދިނުމުން ޝަރުތު ހަމަވާ މީހުނަށް ފުލެޓް ދޭނަށް: ހައިދަރު
ނިމިދިޔަ އިބުރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ އެންމެފަހު ދުވަސްކޮޅު "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރި ފްލެޓްތަކަށް ޝަރުތު ހަމަވާ މީހުންނަށް ފްލެޓްތައް ދޫކުރެވޭނީ އޭސީސީން ކުރި ތަހުގީގުގެ ތަފްސީލު ދިނުމުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
07 Feb 2024
ޗައިނާއާއި އެކު އޮތް ގުޅުން ބަދަހިވާކަން ހާމަވާން ފަށައިފި: މެޑަމް ސާޖިދާ
ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު ޗައިނާ އާއިއެކު ބާއްވަންފެށި ގާތް ގުޅުމުގެ ސަބަބުން މި ވެރިކަމުގައި މިވީ ކުރު މުއްދަތުގެ ތެރޭގައި ދިވެހިރާއްޖެ އާއި ޗައިނާ އާއި ދެމެދު އޮތް ގުޅުމުގެ ވަރުގަދަކަން ވަރަށް ބޮޑަށް ހާމަވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
07 Feb 2024
ރައީސްގެ ދެކަނބަލުންގެ ދިރިއުޅުންވުން މުލިއާގެއަށް ބަދަލުކުރައްވައިފި
ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަބަލުން މެޑަމް ސާޖިދާ މުޙައްމަދު މިހާތަނަށް ދިރިއުޅުއްވަމުން ގެންދެވި މ.ދިމްޔާތު ދޫކުރައްވާ މުލިއާގެއަށް ދިރިއުޅުއްވުން ބަދަލު ކުރައްވައިފިއެވެ.
07 Feb 2024
ބައްސާމް ގެ ޕާސްޕޯޓު ދޫނުކުރުމަށް ކޯޓުން ނިންމައިފި
އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ބައްދަލުވުމަކަށް ގަތަރަށް ދާން ޕާސްޕޯޓް ދޫކުރަން އެދުމުން ވެސް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ޕާސްޕޯޓް ދޫނުކުރަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
07 Feb 2024
ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓަރީ އެއް ގާއިމް ކޮށްދޭނަން
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެ ރަށެއްގެ ނިސްބަތުން ލެބޯޓަރީ އެއް ގާއިމް ކޮށްދެއްވާނެކަމަށް ވެ ވަޑައިގެންނެވި ވަޢުދު ފުއްދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ.
07 Feb 2024
ބިންވެރިޔާ ސްކީމުގެ ދަށުން ބިންދޫކުރިގޮތް ތަހުގީގުކުރަނީ
މިދިޔަ ސަރުކާރު ނިމެމުންދަނިކޮށް ރިޔާސީ އިންތިހާބަށް ކަޑަޖަހާ އުސޫލުން ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ރައްޔިތުންނަށް ދޫކުރި ގޯތިތައް ދޫކޮށްފައިވާގޮތް ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) ބުނެފިއެވެ.