ހަބަރު
14 Jan 2024
ކަޑަނޫން ގޮތެއް ނޯވޭ – ފުއާދު
ރިޔާސީ އިންތިޙާބުގައި ވޯޓްލުން ކުރިއަށް ދިޔައިރު ފުރަތަމަ ބުރުގައި ވޯޓްފޮށި ބަންދުކުރީ 4 ޖަހާއިރު ކަމަށާއި، އެހެން ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓްފޮށި 5 ޖަހާއިރު ބަންދު ކުރަން ނިންމީ ފުރަތަމަ ބުރުގައި ކަން ކުރެވުނު ގޮތް ކަޑަވެގެން ކަމަށެވެ. އިއްޔެ ބޭވުނު މާލޭ މޭޔަރު އިންތިހާބުގެ ވޯޓްލުން 5 އަށް ހެދީމަ އެ ގޮތްވެސް ކަޑަވެއްޖެ ކަމަށެވެ.
14 Jan 2024
އިންޑިޔާ ސިފައިން ގެންދިއުން އަވަސްކުރަން އެ ޤައުމުން އެއްބަސްވެއްޖެ
މި ސަރުކާރުން އެންމެ ބޮޑަށް ބޭނުންވެފައިވާ ގޮތަށް މި ޤައުމުގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން އިންޑިޔާއިން އެއްބަސްވެފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
14 Jan 2024
އެމްޓީސީސީއަށް ބާރުބޮޑުވުމުން، އެހެން ކުންފުންޏެއް ހަދަނީ
ރާއްޖެއަށް ގެންނަށް ބޭނުންވާ ތަރައްޤީ ގެނައުމުގައި އެންމެ ބުރަކޮށް މަސައްކަތްކުރާ ސަރުކާރުގެ އެއް ކުންފިނި ކަމަށްވާ އެމްޓީސީސީއަށް ބާރު ބޮޑުވާތީ، އިތުރު ކުންފުންޏެއް އުފައްދަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.
14 Jan 2024
އާ ރައީސްގެ އާ ރިޔާސީ ބަޔާން އިއްވުން އަންނަމަހު 5 ގައި
މިހާރުގެ ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ނުވަތަ 19 ވަނަ ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ އަންނަ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް މަޖިލީހުގެ ރައީސް، އޮނަރަބަލް މުޙައްމަދު އަސްލަމް ނިންމަވައިފިއެވެ.
14 Jan 2024
އުމްރާ އަށް ގޮސްއުޅުނު ދިވެހި އަންހެނަކު ނިޔާވެއްޖެ!
އުމްރާ އަށް ދިޔަ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.
14 Jan 2024
15 މާޗުގެ ކުރިން އިންޑިޔާ ސިފައިން ބާލަން އެދިއްޖެ!
މި އަހަރުގެ މާރިޗު 15 ވަނަ ދުވަހުގެ ކުރީން، ރާއްޖޭގައި ގާއިމްވެތިބި އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
14 Jan 2024
އަލުން ރާއްޖޭގައި ރާބިޠާގެ އޮފީހެއް ޤާއިމު ކުރުމަށް މަޝްވަރާކޮށްފި
މީގެ ކުރިން ރާއްޖޭގައި އޮފީހެއްގެ ގޮތުގައި ހުރި ޤާއިމުކޮށްފައިވާ ދުނިޔޭގެ މުސްލިމް ގައުމުތަކުން ބައިވެރިވާ ސައުދީ އަރައްބިއްޔާގެ ރާބިޠަތުލް އާލަމިލް އިސްލާމީގެ އޮފީހެއް އަލުން ރާއްޖޭގައި ޤާއިމުކުރުމަށް މަޝްވަރާ ކޮށްފިއެވެ.
14 Jan 2024
ޕީކު ސީޒަނަށް ސްޓެކްލޯއިން ދެ ޖަނަރޭޓަރު ސެޓު ގެނެސްފި
ކޮންމެ އަހަރެއްގެވެސް އެންމެ ހޫނު ދުވަސްވަރާއި ދިމާކޮށް މާލޭގެ ކަރަންތަސް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ މަޤްޞަދުގައި ސްޓެކްލޯއިން ދެ ޖަނަރޭޓަރު ސެޓު ގެނެސްފިއެވެ.