10 Jan 2024
ރާއްޖެ އާއި ޗައިނާއާ ދެމެދު 20 އެއްބަސްވުމެއްގައި ސޮއިކޮށްފި
ދިވެހިރާއްޖެ އާއި ޗައިނާއާއި ދެމެދު 20 އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ. އެ އެމްއޯޔޫތަކުގައި ދެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުން ސޮއި ކުރައްވާފައި ވަނީ ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތެއްގައި އެ ދެބޭފުޅުންގެ ކުރިފުޅު މަތީގައެވެ.
10 Jan 2024
ރަށްވެހިކަން ދޫކޮށްލާ މީހުން އަތުން ފީއެއް ނުނެގޭނެ: އެލްޖީއޭ
ގދ. ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން 5000 ރުފިޔާގެ ފީއެއް ނަގަން އެ ރަށު ކައުންސިލުން ނިންމި ނިންމުން ގާނޫނުއަސާސީއާ ހިލާފު ކަމަށް ނިންމައި އެ ނިންމުން ބާތިލްކުރަން ޖެހޭ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީން ނިންމައިފި އެވެ.
10 Jan 2024
އައްޑޫ ބުރިޖާއި ހުވަދޫ ބުރިޖު އެޅުމަށް ޗައިނާއިން އިންވެސްޓަރުން ހޯދަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެމަފިރި ކަނބަލުން މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އިއްޔެ ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމްގައި އިންވެސްޓަރުންނަށް ހުށަހެޅި މަޝްރޫއުތަކުގެ ތެރޭގައި އައްޑޫ ބްރިޖާއި ހުވަދޫ ބްރިޖު ހިމަނައިފިއެވެ.
10 Jan 2024
އިންޑިއާގެ ބޮއިކޮޓް ޑިޕްލޮމަސީ ކޫލްކުރައްވަން އުޅުއްވުމަކީ ބުއްދިވެރި ކަމެކެވެ!
ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު އުފެދި ވަރުގަދަވެ އެތައް ޒަމާނަކަށް ގޮސްފައިވާ ގާތް އަރަހްމަތްތެރި ގުޅުމަށް ވޭތުވެދިޔަ ތިން ހަތަރު ދުވަހެއްގެތެރޭގައި ހިރަފުސްތަކެއް ބުރައި ދެގައުމުގެ އެމްބެސެޑަރުން އެއްގައުމު އަނެއް ގައުމެއްގެ ޚާރިޖިއްޔާއަށް ހާޒިރުކޮށް އުއްމީދުކުރެވިފައިނުވާ ކަހަލަ ކަންތައްތަކެއް މިވަނީ ހިނގާފައެވެ.
10 Jan 2024
ދައުލަތުގެ ޚަރަދު ހަމަޖެއްސުމަށް ޓީ-ބިލް ވިއްކަށް ފަށަނީ
ދިވެހި ދައުލަތުގެ ޚަރަދުތައް ހަމަޖައްސުމަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން ހަތަރު ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލް (ޓީބިލް) ވިއްކަން ފަށާނެކަމަށް މާލީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
10 Jan 2024
ފެއާތަކުގައި ރާއްޖެ ތަމްސީލު ކުރުމުގެ ފުރޞަތު ހަމައެކަނި ދިވެހި އޮޕަރޭޓަރުންނަށް ލިބޭގޮތަށް ހަދައިފި
ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވާ، އިޝްތިހާރު ކުރުމަށް ބައިވެރިވާ ފެއާތަކުގައި ރާއްޖެ ތަމްސީލު ކުރުމުގެ ފުރުޞަތު ހަމައެކަނި ދިވެހި ޓުއަ އޮޕަރޭޓަރުންނަށާއި ޓްރެވަލް އެޖެންޓުންނަށް ލިބޭގޮތަށް އުސޫލަށް ބަދަލު ގެނެސްފިއެވެ.
10 Jan 2024
ރައީސްއަށް ޗައިނާގެ ރައީސް ރަސްމީކޮށް މަރުހަބާ ދަންނަވައިފި
ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒަށް، ޗައިނާގެ ރައީސް ޝީ ޖިންޕިން ރަސްމީކޮށް މަރުހަބާ ދަންނަވައިފި އެވެ.
10 Jan 2024
ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި
ދިވެހި ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯސް އައްޑޫ ސިޓީގައި ފަށައިފިއެވެ.