16 Nov 2023
ފްލެޓް ދޫކުރުމުގެ ހުރިހާ ކަމެއް ހުއްޓައިލުމަށް އެސީސީ އިން އަންގައިފި
ފަހި ދިރިއުޅުމުގެ ފްލެޓް ތައް ދޫކުރުމުގެ ހުރިހާ ކަމެއް ހުއްޓައިލުމަށް އެންޓީ ކޮރަޕްޝަން ކޮމިޝަނުން ސަރުކާރަށް އަންގައިފިއެވެ.
16 Nov 2023
ފުރަތަމަ 14ގައި ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށަނީ
އިންތިޚާބީ ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި އެމަނިކުފާނުގެ އެންމެ މުހިންމު ބޯހިޔާވަހިކަމުގެ އެއް މަޝްރޫޢު ކަމަށްވާ ކ.ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާނެކަން ހާމަކޮށްފިއެވެ.
16 Nov 2023
ކައިވެނީގެ ފޯމުތައް އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ހަމަޖައްސައިފި
ވަރި، ކައިވެންޏާއި ގުޅުންހުރި ފޯމުތައް އޮންލައިންކޮށް ހުށަހެޅޭނެ ގޮތަށް ފަރުމާކޮށްފައިވާ "ކައިވެނި ޕޯޓަލް" ތަޢާރަފްކޮށްފިއެވެ.
16 Nov 2023
ވާހަކަ ދެއްކީ ހާސިލުކުރުމުގެ ފުރިހަމަ އަމާޒާއިއެކު: ޑރ.މުއިއްޒު
ރިޔާސީ އިންތިހާބުގެ ކެމްޕޭން ތަކުގެ ތެރޭގައްޔާއި މިހާތަނަށް ޕޯޑިއަމްތަކުގައި ދެއްކެވި ކޮންމެ ވާހަކައެއްވެސް ދެއްކެވީ އެ މަސައްކަތްތަކެއް ފުރިހަމަކުރެއްވުމުގެ ފުރިހަމަ އުންމީދާއި އަޒުމާއިއެކުކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
16 Nov 2023
އިޒްރާއިލްގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރުމަށް ސަރުކާރަށް ލަފާދެނީ
އިޒްރާއިލްގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރުމަށް ސަރުކާރަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީއިން ނިންމައިފިއެެވެ.
15 Nov 2023
ޑރ.މުއިއްޒު ދެއްކެވި ހުރިހާ ވާހަކަފުޅެއް ލިޔެފައިވާ ފޮތެއް ނެރެފި
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގައި ދެއްކެވި ވާހަކަފުޅުތަކާއި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތައް ހިމަނުއްވާފައިވާ ހާއްސަ ފޮތެއް މިރޭ އިފްތިތާހު ކޮށްފި އެވެ.
15 Nov 2023
އެންމެ މުހިންމު ކަމަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުން: ޑރ.މުއިއްޒު
ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރާނެ އެންމެ މުހިންމު ކަމަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުން ކަމަށް އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
15 Nov 2023
އަންހެނުންނަށް 100 މިލިއަން ރުފިޔާގެ ލޯން ސްކީމް ތައާރަފް ކުރަނީ
އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހަފްތާ 14ގެ 172 ވައުދުގައި އަންހެނުންނަށް ޚާއްޞަ 100 މިލިއަން ރުފިޔާގެ 'ސްޓާޓްއަޕް ލޯން ސްކީމް'އެއް ތައާރަފު ކުރާނެކަން އިއުލާންކޮށްފިއެވެ.