ހަބަރު
11 Oct 2023
"އެމްޑީޕީން ޖުޑިޝަރީ އިސްލާހުކުރާ ވާހަކަ ދައްކަނީ ޖެއްސުމަށް"
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) ޖުޑިޝަރީ އިސްލާހުކުރާ ވާހަކަ މިހާރު ދައްކަވަމުންދަނީ ކަނޑައެޅިގެން ޖެއްސުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
11 Oct 2023
މަޖިލީހަށް ނިކުންނާނީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނާ އެއްކޮށް
ރައްޔިތުންގެ މަޖިލީހަށް ނިކުންނާނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި އެކުގައި ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީން) ހާމަކޮށްފި އެވެ.
11 Oct 2023
އައިއޭސީއިން އަފްޣާންގައި ބަތްޕާރުސަލް ބަހައިފި
އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުގެ ފަރާތުން އަވައްޓެރި އަފްޣާނިސްޠާނަށް އައި ބިންހެލުމުގައި ޙާލުގައި ޖެހި އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް ބަތްޕާރުސަލް ބަހައިފިއެވެ.
11 Oct 2023
2025 ގެ ނިޔަލަށް ތިލަމާލެ ބްރިޖަށް 3 ބިލިއަން ޚަރަދުކުރަނީ
ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން އިއުލާނުކުރި އެންމެ ބޮޑު މަޝްރޫއުކަމަށްވާ ތިލަމާލެ ކަނެކްޓިވިޓީ މަޝްރޫއުއަށް 2025 ގެ ނިޔަލަށް ތިން ބިލިއަން ރުފިޔާއަށްވުރެ ގިނައިން ޚަރަދުވާނެކަމަށް ސަރުކާރުގެ ރަސްމީ ހިސާބުތަކުން ދައްކައިފި އެވެ.
11 Oct 2023
އިޒްރާއިލްގެ ރޭގެ ހަމަލާތައް އިހުނައްވުރެ ބާރުގަދަ
ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ހަނގުރާމަ ކުރާ ހަނގުރާމަވެރިން މިމަހުގެ ހަތެއް ވީ ހޮނިހިރު ދުވަހު އިޒްރާއިލްގެ ޔަހޫދީންނަށް ދިން ކުއްލި ހަމަލާތަކުގެ ސަބަބުން ފެށައިގެން އުޅޭ ފަލަސްޠީން އިޒްރާއިލް ހަނގުރާމައިގައި އިޒްރާއިލުން ރޭ ޣައްޒާއަށް އިޒްރާއިލްގެ ޔަހޫދީން ދިން ހަމަލާތައް ކުރީގެ ހަމަލާތަކަށް ވުރެ ވަރުގަދަ ކަމަށް ޣައްޒާއިން "ވޮއިސް" އަށް މަޢުލޫމާތު ދެއްވި މުރާސިލް ވިދާޅުވެއްޖެއެވެ.
11 Oct 2023
އިންތިގާލީ މަރުހަލާގައި ސަފީރުން ނަގާތީ އާޒިމްގެ ކަންބޮޑުވުން!
ވެރިކަން ބަދަލުވާ މަރުހަލާގައި މަގާމް ތަކަށް އިތުރު މީހުން ނެގުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުން އަމުރެއް ނެރެދޭންޖެހޭ ކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.
11 Oct 2023
ޕާކިސްތާނުގެ ސަފީރަކަށް ނަޖީހާ ހަމަޖައްސަން މަޖިލީހަށް!
ރާއްޖެ އިން ޕާކިސްތާނަށް ކަނޑައަޅާ އާ ސަފީރަކަށް ޚަދީޖާ ނަޖީހާ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ސަރުކާރުން ހުށަހަޅައިފި އެވެ.
10 Oct 2023
މުޢިއްޒު ހުވާކުރުމުގެ އިންތިޒާމުތަކާއި ގުޅޭ މަޝްވަރާތައް ފަށައިފި
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ނައިބު ހުސެއިން މުހައްމަދު ލަތީފު މަގާމުގެ ހުވާކުރެއްވުމުގެ ޖަލްސާގެ އިންތިޒާމުތަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހާއި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ބޭފުޅުންނާ މަޝްވަރާކުރައްވައިފި އެވެ.