ހަބަރު
12 Oct 2023
ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ޕާކިސްތާނުން ރާއްޖެއައި ޕާކިސްތާނުގެ ރައްުޔިތަކު ރާއްޖެ އެތެރެކުރަން އުޅުނު ގިނަ ޢަދަދެއްގެ މަސްތުވާ ތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން އަތުލައިގެންފިއެވެ.
12 Oct 2023
ޝަހީދުންނާއި ޒަޚަމްވި މީހުންގެ ޢަދަދު ޚިޔާލަށް ގެންނަންވެސް ނޭނގެ
އިޒްރާއިލްގެ ހައްދުފަހަނަ އެޅި ޔަހޫދީން ދެމުންދާ ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންނާއި އަނިޔާވެފައިވާ މީހުންގެ ޢަދަދު ޚިޔާލަށްވެސް ގެންނަން ނޭނގޭ ކަމަށް ޣައްޒާގެ ބިމުން "ވޮއިސް" އަށް މަޢުލޫމާތތު ދެއްވި ޑޮކްޓަރ ވިދާޅުވެއްޖެއެވެ.
12 Oct 2023
މަޖިލީހުގެ 5 ދާއިރާއަކަށް ވާދަކުރުމަށް ޢަދާލަތުން މަޝްވަރާ ކުރަނީ
2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 5 ދާއިރާއަކުން ވާދަކުރުމަށް ޢަދާލަތު ޕާޓީ އިން މަޝްވަރާ ކޮށްފައިވާ ކަމަށް ޢަދާލަތު ޕާޓީގެ ތަރުޖަމާނު ޢަލީ ނަޒީރު ވިދާޅުވެއްޖެއެވެ.
12 Oct 2023
ފަލަސްތީނަށް އެހީވުމަށް ދަނގެތީގައި ގިނަ ހަރަކާތްތަކެއް!
ޒަޔަނިސްޓު ޔަހޫދީން ފަލަސްތީނުގައި ހިނގަމުންދާ އުދުވާނު ތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވެ، ފަލަސްތީނާއި ގުޅޭ ގިނަ މަޢުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، އދ ދަނގެތީގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމައިފި އެވެ.
12 Oct 2023
"ކެބިނެޓް އެކުލަވާލުމަަށް ލިސްޓެއް ޔާމީން ފޮނުއްވި ކަމެއް ނޭނގެ"
އިންތިޚާބީ ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓް އެކަލަވައިލުކީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށާ، އެކަމާއި ގުޅިގެން، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ލިސްޓެއް އެމަނިކުފާނަށް ފޮނުއްވާފައިވާކަން އެނގިފައި ނުވާ ކަމަށް، ޕީއެންސީގެ ޗެއާޕާސަން އަދި ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެއެވެ.
12 Oct 2023
އައިއޭސީ އިން ޣައްޒާގައި އެހީގެ ތަކެތި ބަހައިފި
ފަލަސްޠީނުގެ ޣައްޒާގައި ގެދޮރު ގެއްލި އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން އިއްޔެ އެހީގެ ތަކެތި ބަހައިފިއެވެ.
12 Oct 2023
އުރީދޫ އާއި ދިވެހިން ފަލަސްތީނާއި އެއްކޮޅަށް ނުކުމެއްޖެ!
ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިޒްރޭލުގެ ޒަޔަނިސްޓް ހަރުކަށި ޔަހޫދީން ދެމުން ގެންދާ ހަމަލާތަކާއި ދެކޮޅަށް، ފަލަސްތީންގެ މިނިވަން ކަމަށް ތާއީދު ކުރާކަން ހާމަކުރުމުގެ ގޮތުން އުރީދޫގެ މައި އިމާރާތް ފަލަސްތީނުގެ ދިދައިން ދިއްލާލައިފިއެވެ.
12 Oct 2023
މުޅި ޣައްޒާވަނީ ކަންބޮޑުވުމާއި ކަރުނަޔާއި ލެއިން ފުރިފައި
ފަލަސްޠީނުގެ ޣައްޒާއަށް އިޒްރާއިލްގެ ޔަހޫދީން ދެމުންއަންނަ ހަމަލާތަކުގައި ސަބަބުން މުޅި ޣައްޒާވަނީ ކަންބޮޑުވުމާއި ކަރުނަޔާއި ލެއިން ފުރުފައިކަމަށް މަންޒަރު ދެކެމުންދާ ނޫސްވެރިން ބުނެފިއެވެ.