15 Oct 2023
މުޢިއްޒުގެ އަލްޖަޒީރާ އިންޓަވިއުއަށް ރައީސް މައުމޫންގެ ތަޢުރީފް!
އިންތިޚާބީ ރައީސް ޑރ މުހައްމަދު މުޢިއްޒު އަލްޖަޒީރާ ނޫހަށް ދެއްވި ބަސްދީގަތުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ތަޢުރީފް ކުރައްވައިފި އެވެ.
15 Oct 2023
ޤުދުސް ނެޓްވޯކްގެ ފޭސްބުކް ޕޭޖް "ރިމޫވް" ކޮށްފި
އިޒްރާއިލުން ފަލަސްޠީނަށް ދެމުންދާ ހަމަލާތަކާއި ފަލަސްޠީނުގައި ވަމުންދާ ކަންކަމުގެ އަސްލު ހަޤީޤަތް ދުނިޔެއަށް އަންގައިދިނުމަށް މަސައްކަތް ކުރާ ޤުދުސް ނިއުސް ނެޓްވޯކްގެ ފޭސްބުކް ޕޭޖް ފޭސްބުކުން "ރިމޫވް" ކޮށްފިއެވެ.
15 Oct 2023
ހުރަހެއްނެތި ކައުންސިލްތަކަށް ފުރިހަމަ ބާރުވެރިކަން ދޭނަން
އެމަނިކުފާނުގެ ސަރުކާރުގައި ކައުންސިލްތަކަށް ފުރިހަމަ އެއްބާރުލުންދީ އެއްވެސް ހުރަހެއް ނެތި ކައުންސިލްތަކުގެ ޒިންމާތައް އަދާކުރުމުގެ މަގު ފަހިކޮށް ދެއްވާނެކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
15 Oct 2023
އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން 11 މިސްކިތެއް ހަލާކުވެއްޖެ
ފަލަސްޠީންގެ ޣައްޒާއަށް އިޒްރާއިލުން ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ 11 މިސްކިތެއް ހަލާކުވެފައިވާ ކަމަށް ފަލަސްޠީނުން މަޢުލޫމާތު ދެއްވި ވޮއިސްގެ މުރާސިލް ވިދާޅުވެއްޖެއެވެ.
15 Oct 2023
"ޖޭއެސްސީ ސިޔާސީ ނުފޫޒުން އެއްކިބާ ކުރާނަން"
ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ސިޔާސީ ނުފޫޒުން އެއްކިބާ ކުރައްވާނެ ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
15 Oct 2023
ޣައްޒާގެ ދެކުނަށް ދަތުރުކުރަމުންދިޔަ މީހުންނަށް ހަމަލާދީ 70 މީހަކު ޝަހީދުކޮށްލައިފި
ފަލަސްޠީނުގެ ޣައްޒާގެ އުތުރުގައި ހުރި އަމިއްލަ ގެތައް ދޫކޮށް ރައްކާތެރިކަން ހޯދުމުގެ ގޮތުން ޣައްޒާގެ ދެކުނަށް ދަތުރުކުރަމުން ދިޔަ ޣައްޒާގެ ރައްޔިތުންގެ ތެރެއަށް ދިން ހަމަލާތަކުގައި 70 މީހަކު ޝަހީދުވެފައިވާ ކަމަށް ފަލަސްޠީނުގެ ސިއްޚަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
15 Oct 2023
ޔަހޫދީންނަށް އަމާންކަން ލިބޭ ތަނަކަށް ރާއްޖެ ހަދައިގެން ނުވާނެ
ފަލަސްޠީނުގެ ބިން ފޭރިގަނެ، އެތަނުގެ ރައްޔިތުން ރަށުން ބޭރުކޮށް، އަޅުވެތިކޮށް އެމީހުންގެ ގެދޮރު ސުންނާފަތިކުރި ޒަޔަނިސްޓް ޔަހޫދީންނަށް އަމާންކަން ލިބޭ ތަނަކަށް ދިވެހި ގޮނޑުދޮށްތައް ހަދައިގެން ނުވާނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝެއިޚު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
15 Oct 2023
"ކަރުނަ" މަދަހައިން ފަލަސްތީނުގެ ހާލު ކިޔައިދޭ ވާހަކަތަކެއް!
ފަލަސްތީނުގެ މައުސޫމު ރައްޔިތުންނަށް އަނިޔާވެރިކަމުގައި ހައްދުފަހަނަ އަޅާފައިވާ އިޒްރާއިލްގެ ޔަހޫދީން ދެމުންދާ އަނިޔާތަކާއެކު، ފަލަސްތީނުގެ މުސްލިމުން އުޅެމުންދާ ހާލުގެ މައްޗަށް ޓްރިއޯ ބޭންޑުގެ ކުރީގެ ލީޑް ވޯކްލިސްޓު މޫސާ ޝިފާއު ޚާއްސަ މަދަހައެއް ތައްޔާރުކޮށްފި އެވެ.