ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނު/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
17 Dec 2023 | 22:01
ކުރިއަށް އޮތް 6 މަސްތެރޭ ދެ ބޯޓު ގެނެސް އައު މަންޒިލުތަކަށް ދަތުރުތައް ފެށޭނެ: އަމީނު

ކުރިއަށް އޮތް 6 މަސް ދުވަސްތެރޭ ޤައުމީ އެއާލައިން މޯލްޑިވިއަނަށް ވައިޑް ބޮޑީ ދެ އެއާކްރާފްޓް ގެނެސް، އައު މަންޒިލްތަކަށް ރާއްޖެއިން ދަތުރުތައް ފެށިގެންދާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ. 

އަމީނު މިފަދައިން ވިދާޅުވެފައިވަނީ ޤައުމީ އެއާލައިނުން ވައިޑް ބޮޑީ އެއާކްރާފްޓުގެ އޮޕަރޭޝަންތައް ފެށުމަށް ދެ ބޯޓެއް ގެނައުމަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީން އެ ކުންފުންޏަށް ހަމަޖައްސައިދިނުމަށް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުުގައި އެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނިކޮށެވެ. 

އެގޮތުން މިނިސްޓަރު އަމީން ވިދާޅުވީ، ކެބިނެޓުގެ އެ ނިންމެވުމާއެކު، ބޯޓުތައް ގެނައުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

ކުރިއަށް އޮތް 6 މަސް ދުވަހުގެތެރޭ އެ ބޯޓުތައް ގެނެސް އެންމެ ފުރަތަމަ ފަށާ ދަތުރުތައް ޗައިނާގެ ތިން މަންޒަލަކަށް ކުރުމަށް މަސައްކަތް ފަށާފައިވާކަން ވެސް މިނިސްޓަރު އަމީނު ފާހަގަކުރެއްވި އެވެ. 

އޭގެ އިތުރުން ޔޫރަޕުގެ ދަތުރުތައް ކުރާނީ ކޮން ސިޓީތަކަކަށްތޯ ކަނޑައެޅުމުގެ މަސައްކަތް ވެސް މިހާރު ޓްރާންސްޕޯޓު މިނިސްޓްރީން ކުރަމުން ގެންދާކަމަށް މިނިސްޓަރު އަމީނު ވިދާޅުވި އެވެ. 

ކެބިނެޓުގެ ނިންމުމާއި ގުޅޭ ތަފްސީލުތައް ދިނުމަށް ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސީފް ސްޕޯކްސް ޕާސަން މުހައްމަދު ޝަހީބު ވިދާޅުވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މަންޒިލުތަކަށް ސީދާ ދަތުރުތައް ކުރުމަށް ނިންމާފައިވާ ކަމަށެވެ. 

"ވައިޑް-ބޮޑީ އެއާކްރާފްޓުތަކުން މި އޮޕަރޭޝަންތައް ފެށުމަށް އިންވެސްޓް ކުރަން ޖެހޭ ފައިސާގެ އަދަދު ފިނޭންސަށް ލިބިފައިވާ ފައިނޭންސިން ފެސިލިޓީތަކުގެ ތެރެއިން އައިލޭންޑް އޭވިއޭޝަނަށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސަން ނިންމައިފައި"

ރައީސް އޮފީހުގެ ތަރުޖަމާނު ޝަހީބު

ވައިޑް-ބޮޑީ އެއާކްރާފްޓުގައި އެއްފަހަރާ 275 ފަސިންޖަރުންނާއެކު ދުރު ރާސްތާއަށް ދަތުރުކުރެވޭނެ އެވެ. މި ދަތުރުތައް ފެށުމާއެކު ފަތުރުވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވޭއިރު، މަންޒިލްތަކަށް ކުރާ ދަތުރުތަކާ ބެހޭ އިންތިޒާމްތައް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ހަމަޖެއްސުމަށް ވެސް ބުރާސްފަތު ދުވަހު ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ވަނީ ނިންމަވާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.