ހަބަރު
13 Oct 2023
"ޔަހޫދީންނަށް މުސްލިމުންގެ މުގައްދަސް ބިންތައް ފޭރިގަނެވެނީ ކީއްވެ؟"
15 މިލިއަނަށްވުރެ އާބާދީގެ ގޮތުން މަދު ޔަހޫދީންނަށް ދެ ބިލިއަނަށް ވުރެ ބިޔަ އިސްލާމީ އުއްމަތުގެ މައްޗަށް ނުފޫޒު ފޯރުވައި އެމީހުންގެ މުގައްދަސް ބިންތައް ފޭރިގަނެވެނީ ކިހިނަކުންތޯ ހުކުރު ޚުތުބާގައި ސުވާލު ކޮށްފިއެވެ.
13 Oct 2023
ފަލަސްޠީނާއި އެކު ދިވެހީން ސައިކަލު ބުރު މިއަދު ހަވީރު!
ޒަޔަނިސްޓު ޔަހޫދީން ފަލަސްތީނުގައި ހިންގަމުންދާ އުދުވާނު ތަކާއި ދެކޮޅަށް ސައިކަލު ބުރެއް ބޭއްވުމަށް ނިންމައިފިއެވެ.
13 Oct 2023
ކައުންސިލް މުވައްޒަފުންނަށް %35އެލަވަންސް ލިބޭނީ އާދިއްތާ!
ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނަށް ދޭނެ ކަމަށް ސަރުކާރުން އިއުލާން ކުރި %35 އެލަވަންސް ދޭނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފި އެވެ.
13 Oct 2023
ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ތެރޭގައި ޝަހީމް
ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމު ޝަޚުޞިއްޔަތުގެ ލިސްޓުގައި އިސްލާމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ، އަދި ކުރީގެ އިސްލާމިކް މިނިސްޓަރުގެ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިމެނިވަޑައިގެންފިއެވެ.
13 Oct 2023
ޑރ. މުއިއްޒު ނަންފުޅުގައި ފޭކް މެސެޖު ތަކެއް!
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނަންފުޅުގައި ފޭކު އެސްއެމްއެސް ތަކެއް ދައުރު ކުރާތީ ޕްރޮގްރެސިވް ކޮންގްރެސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
13 Oct 2023
"އަމީނީ މަގު ނިންމާ މާލޭގެ ބޮޑެތި ހުރިހާ މަގެއްގައި ތާރުއަޅާނަން"
އާރުޑީސީއާއި ހަވާލުކޮށްގެން ނުނިންމި އޮތް އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ނިންމާ، މާލޭގެ ބޮޑެތި ހުރިހާ މަގެއްގައި ތާރުއަޅާ ތަރައްގީކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
13 Oct 2023
"އަމާޒަކީ މަޖިލީހުގެ ތިންބައިކުޅަ ދެބައި ޕީޕީއެމް-ޕީއެންސީއަށް ހޯދުން"
ވައުދުތައް ފުއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ލިބުމަކީ މުހިންމު ކަމެއް ކަމަށާއި، އަމާޒަކީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި ޕީޕީއެމް-ޕީއެންސީއަށް ކާމިޔާބުކުރުން ކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
13 Oct 2023
"މި އަންނަނީ ޑރ މުއިއްޒާއެކު 10 އަހަރު ވެރިކަން ކުރަން"
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒާއެކު ވެރިކަމަށް އަންނަނީ 10 އަހަރު ވެރިކަން ކުރުމަށް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.