30 Nov 2023
"މަންޑޭގެ ގޭގައި ހުރި ސެންޓާއި ގަހަނާގެ އަގު 7 މިލިއަނަށް"
ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްޤީ ކުރަމުންދާ ކޭ-ޕާރކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއި ޙީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހިމެނޭ، ކ.މާލެ، މއ.އެރަލްސީ، ޙަސަން މަމްދޫޙު (މަންޑޭ)ގެ ޕެންޓްހައުސްގެ ތެރެއިން ފެނުނު ގަހަނާއާއި، އަތް ދަބަހާއި ސެންޓުގެ އަގު 7 މިލިއަނަށްވުރެ ގިނަ ކަމަށް ޕްރޮސެކިއުޓަރ ޖެނެރެލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
30 Nov 2023
"އައިއާރްބީއޭ ކެމްބްރިޖް އިފާ އެކްސެލެންސް އެވޯޑް" އެމްއައިބީއަށް
"އައިއާރްބީއޭ ކެމްބްރިޖް އިފާ އެކްސެލެންސް އެވޯޑް ފޯ އިސްލާމިކް ރީޓެއިލް ބޭންކިން އިިން މޯލްޑިވްސް 2023" އެވޯޑް، އިސްލާމިކް ބޭންކް އޮފް މޯލްޑިވްސް (އެމްއައިބީ) އަށް ލިބިއްޖެ އެވެ.
30 Nov 2023
ޕީއެންސީގެ އެސްޖީ ޝިފާގު އެ ޕާޓީން އިސްތިޢުފާ ދެއްވައިފި
ރާއްޖޭގެ ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކެރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ކުރީގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު (ހިސްޓޯ) މުފީދު އެ ޕާޓީން އިސްތިއުފާ ދެއްވައިފިއެވެ.
30 Nov 2023
އެފްއޭއެމަށް ދައުވާކުރެވޭ ވަރަށް ހެކި ލިބޭނެ: ޕީޖީ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ރައީސް ބައްސާމް އަދީލް ޖަލީލާއި އެއިދާރާގެ އެހެން ވެރިންނަށްވެސް ދައުވާ ކުރެވޭ ވަރަށް ހެކި ލިބޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
30 Nov 2023
ކޮންސްޓްރެްކްޝަން މަސައްކަތުގެ ޤަވާއިދަށް ހޭލުންތެރި ކުރުމަށް ސެޝަނެއް!
ކޮންސްޓްރަކްޝްން މަސައްކަތް ކުރުމުގެ ޤަވާއިދަށް މީހުން ހޭލުންތެރި ކުރުމަށް ސެޝަނެއް ބޭއްވުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރި އިން އިޢްލާނުކޮށްފިއެވެ.
30 Nov 2023
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހިދުމަތްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފި
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިންނާއި ޒުވާނުންނާއި އެމީހުންގެ އާއިލާތަކަށް ހިދުމަތްތަކާއި ވަސީލަތްތައް ފޯރުކޮދިނުމާއި ބެހޭގޮތުން މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރާއި މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް ޑރ.އައިޝަތު ޝިހާމް މަޝްވަރާ ކުރައްވައިފިއެވެ.
30 Nov 2023
އާގިލްގެ މަރުގެ މައްސަލައިގެ ޚުލާސާ ބަޔާން އިއްވައިފި
ތޫނު އެއްޗަކުން ހަމަލާދީ ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލް މަރާލި މައްސަލައިގެ ޚުލާސާ ބަޔާން ކްރިމިނަލް ކޯޓުން މިއަދު އިއްވައިފިއެވެ.
30 Nov 2023
ނަޢީމާ މަރާލި މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކިހުރި
މިއަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ނ. މަނަދޫގައި މަރުވެފައި އޮއްވައި ފެނުނު އެރަށު އަންނާރުމާގެ ނަޢީމާ މޫސާ، މަރާލިކަމަށް ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ހުރި ކަމަށް ޕްރޮސެކިއުޓަރ ޖެނެރެލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.