ހަބަރު
03 Oct 2023
އަޅުގަނޑުގެ މައްޗަށް އެއްވެސް ބައެއްގެ ބާރެއް ނުހިންގޭނެ
ހިނގަމުން މިދާ ސަރުކާރުގެ މައްޗަށް އެހެން ބައެއްގެ ބާރު އޮތް ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އެމަނިކުފާނުގެ މައްޗަށް އެއްވެސް ފަރާތެއްގެ އެއްވެސް ބާރެއް ނުހިންގޭނެ ކަމަށާއި ހިނގާނީ ރައްޔިތުންގެ ބާރު ކަމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
03 Oct 2023
އަޅުގަނޑުމެންގެ ސަރުކާރެއްގައި ރައީސް ނަޝީދަށް އިންސާފު ހޯދައިދޭނަން!
ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާގެ އިންސާފު މިހާރު އިންތިޚާބުވެފައި މިވާ ސަރުކާރުން ހޯދައިދޭނެކަމަށް އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
03 Oct 2023
ނިޒާމާ ގުޅޭ މައްސަލާގައި ރައީސްއާ މުޢިއްޒުގެ އެއް ޚިޔާލެ!
ދިވެހިރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އިބްރާޙީމް މުހައްމަދު ޞާލިހު އާއި އިންތިޚާބީ ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ޚިޔާލުފުޅުވެސް އެއްގޮތް ކަން ހާމަވެއްޖެއެވެ.
02 Oct 2023
ކޮންމެ ރައްޔިތަކަށްވެސް ގެދޮރުވެރިކަމުގައި ހަމަހަމަކަން އޮންނާނެ
އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ކޮންމެ ރައްޔިތަކަށްވެސް ގެދޮރުވެރިކަމުގައި ހަމަހަމަކަން އޮންނާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
02 Oct 2023
ގައުމީ މަޖިލީހުގެ %99 ނަޝީދު ޕާޓީއާ ގުޅުމާ ދެކޮޅު: ރައީސް
އެމްޑީޕީގެ ގައުމީ މަޖިލީހުގެ 99 އިންސައްތަ މެންބަރުން، އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީއާއި އަލުން ގުޅުމާއި ދެކޮޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
02 Oct 2023
"މުޢިއްޒު ވަނީ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ފުޅާކުރައްވާފައި"
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން އިންތިޚާބް ކާމިޔާބުކުރެއްވި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކާމިޔާބީ ފާހަގަކޮށް މާލޭ ސިޓީ ކައުންސިލުން އެމަނިކުފާނަށް މަރުހަބާ ދަންނަވައިފިއެވެ.
02 Oct 2023
ހަމަޖެހުމަށްޓަކައި އިންތިޚާބީ ރައީސް އަށް އެއްބާރުލުން ދޭން ޖެހޭ!
ޤައުމުގެ ހަމަޖެހުމަށްޓަކައި އިންތިޚާބީ ރައީސް އަށް އެއްބާރުލުން ދޭން ޖެހޭ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
02 Oct 2023
"ތިލަމާލެ ބްރިޖް ނިންމަން އޮތް މުއްދަތަށް ނުނިމުމުން ދެރަވޭ"
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލަން ހަދާ "ތިލަމާލެ ބްރިޖު" މަޝްރޫއު ނިންމަން އޮތް މުއްދަތަކަށް ނުނިމުނު ކަމަށާއި، އެކަމާއި ދެރަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.