ހަބަރު
03 Jul 2023
"ނަޝީދު މަސައްކަތް ކުރަނީ ވީހާ ވެސް ގިނަ ދުވަހު މަޤާމުގައި ދެމިހުރުމަށް"
ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކަކަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ޤަބޫލުކުރެވޭތީ މައްސަލަ ހުށައެޅުއްވި ނަމަވެސް، އެކަން ކުރިއަށް ގެންދެވުމަށް ހުރަސް އަޅުއްވަމުން ގެންދަވަނީ މަޤާމުގައި ގިނަ ދުވަހު ހުންނެވުމަށް ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
03 Jul 2023
"ޙައްލަކީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިސްތިއުފާދެއްވުން"
މަޖިލީހުގައި އެޅުވިފައި އޮތް މަރުތަޅު ފިލުވާ މަޖިލީހުގެ މަސައްކަތްތައް އުސޫލާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް އޮތް ޙައްލަކީ އިތުބާރު ނެތްކަމަށް ގިނަ މެމްބަރުންތަކަކަށް ފެނިގެން، މަޤާމުތަކުން ވަކިކުރުމަށް ހުށައަޅާފައިވާ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިސްތިއުފާދެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
03 Jul 2023
ރައީސް ޔާމިނަށް ތާއީދު ހޯދުމަށް މާލޭގައި ދޮރުންދޮރަށް ބާއްވަނީ
ކުރީގެ ރައީސް އަދި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ދޮރުން ދޮރަށް ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޕީޕީއެމް އިން ބުނެފިއެވެ.
03 Jul 2023
"މިއަދު މި އޮތީ އަލުން އަނބުރާ އިސްލާހީ މަސައްކަތް ކުރަން ޖެހިފަ"
މިއަދު މިއޮތީ މީގެ އަހަރުތަކެއް ކުރިން ކުރިފަދަ އިސްލާހީ މަސައްކަތްތަކެއް ކުރަން ޖެހިފައި ކަމަށް ކުރީގެ ނައިބުރައީސް ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
03 Jul 2023
"ރައީސްގެ ޢާއިލާއަށް ފައިސާ ލިބުނުކަމަށް އަދީބު ބުނާ މެސެޖްތައް އެބަހުރި"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ޢާއިލާގެ ބޭފުޅުންނަށް، އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވާ މެސެޖު، މަޖިލީހުގައި އެބަހުރި ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
03 Jul 2023
ދިވެހިންގެ އެހީގައި ކަތިލި އުޟުހިޔާތައް ބަހަން ފަށައިފި!
އަޟުހާ ޢީދުގައި، އުޟުހިޔާ ކަތިލުމުގެ ސުންނަތް ހެޔޮ އަގުގައި އަދާކުރުމަށް އައިއޭސީން ހުޅުވާލި ފުރުސަތުގައި، އުޟުހިޔާ ކަތިލަން އެދުނު ދިވެހިންގެ މަތިން، އުޟުހިޔާގެ ގޮތުގައި ކަތިލި ގެރިތައް އޭގެ ބެހެނި ވެރިންނަށް ބަހަން ފަށައިފިއެވެ.
03 Jul 2023
މަސައްކަތް ކުރިއަށް ގެންދެވެން ނެތް ކަމަށް ބަލައި މަޖިލީހުގެ ޖަލްސާ ނިންމާލައިފި!
މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވުނު ޖަލްސާގެ އެޖެންޑާގައި ވާ މަސައްކަތް ކުރިއަށް ގެންދެވެން ނެތް ކަމަށް ބަލައި، އެއްވެސް ކަމެއް ނުކޮށް، ޖަލްސާ ނިންމަވާ ލައްވައިފި އެވެ.
03 Jul 2023
ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ގޯތި އިތުރުކުރުމަށް ނިންމައިފި
ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ގޯތި މިހާރު 6200 އަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
03 Jul 2023
އޯ.އައި.ސީ.ން ބޭއްވި ކުއްލި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ
އަޟްޙާ ޢީދު ދުވަހާ ދިމާކޮށް ސްވިޑެންގައި މުޞްޙަފް އެންދުމާއި ގުޅިގެން މިކަން އިތުރަށް ތަކުރާރު ވިޔަނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި އޯ.އައި.ސީ.ގެ އެގްޒެކެޓިވް ކޮމިޓީން ބޭއްވި އޯޕަން-އެންޑެޑް ކުއްލި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
02 Jul 2023
"ތިލަމާލެ ބްރިޖު އަންނަ އަހަރަށް ނިންމާ ބޭނުން ކުރަން ފެށޭނެ"
މާލެއާއި ތިލަފުށު ގުޅާލުމަށް އަޅާ ތިލަމާލެ ބްރިޖުގެ މަސައްކަތް ނިންމާ އަންނަ އަހަރު ބޭނުން ކުރަން ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.