ހަބަރު
29 May 2023
ނަޝާތު އިތުރު ދައުރަކަށް އީސީއަށް އައްޔަނު ކުރަން މަޖިލިސް އަށް
އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި މިހާރު ވެސް ހުރި އަލީ ނަޝާތު އައްޔަން ކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފިއެވެ.
29 May 2023
ތުރުކީގެ ރައީސް އުރުދުޣާންއަށް ރައީސް ޔާމީންގެ މަރުހަބާ!
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފަރާތުން ތުރުކީގެ ރިޔާސީ އިންތިޚާބު އިއްޔެ ކާމިޔާބު ކުރެއްވި ރަޖަބް ޠައްޔިބް އުރްދުޣާން އަށް ހޫނު މަރުހަބާ އެއް ދަންނަވައިފިއެވެ.
29 May 2023
"ޗޯރު އިބުރޭ ގޮވާތީ ހަމައިން ނެއްޓުމަކީ ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް"
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހަށް ނިސްބަތްކޮށް "ޗޯރު އިބުރޭ" ގޮވާތީއޭ ކިޔައި ހަމައިން ނެއްޓިގެން ދިއުމަކީ ޑިމޮކްރަސީގައި ފަހަތަށް އަޅާ ފިޔަވަޅެއްކަމަށް މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
29 May 2023
"ޗޯރު އިބުރޭ" ކިޔަން ބޭނުން މީހާއަށް އެހެން ކިޔެން ޖެހޭ: އީވާ
ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ފާޑުކިޔަން ބޭނުންވާ މީހާއަށް، ނުވަތަ ވަނަމުން ގޮވަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
29 May 2023
"މަގާމުން ވަކި ކުރަނީ ޕާޓީއަށް މެންބަރުން އިތުރުވާތީ"
ސަރުކާރުގެ މަގާމުތަކުގައި ތިބި މެންބަރުންގެ ތެރެއިން ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރާ މެންބަރުން މަގާމުން ވަކިކުރަނީ އެ ޕާޓީގެ ތާޢީދާއި، މެންބަރުން އިތުރުވާ މިންވަރު ފެނި، އިންޒާރު ދިނުމަށާއި، ބިރުދެއްކުމަށް ކަމަށް އެ ޕާޓީން ބުނެފި އެވެ.
29 May 2023
މޫސުން ގޯސްވެ އުތުރުގެ އަތޮޅު ތަކަށް ހުދު ސަމާލު ނެރެފި
މޫސުން ގޯސްވުމުގެ ސަބަބުން ހއ އަތޮޅުން ފެށިގެން ބ އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
29 May 2023
ޗެނަލް-13 އަށް އިންޒާރުދިންކަމަށް ބުނެ ހުށައެޅި މައްސަލަ ބޭރުކޮށްލައިފި
ބްރޯޑްކާސްޓިން ކޮމިޝަން މެދުވެރިކޮށް ސަރުކާރުން ޗެނަލް-13އަށް އިންޒާރުދީ ބިރުދައްކާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅުއްވައިފި އެވެ.
29 May 2023
ރައިސް ޞާލިހާއި ގުޅޭގޮތުން ޗެނަލް-13އިން ދައްކާ ލަވަތަކެއްގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ
rރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަކީ "ކަނޑު ފޭރޭ ޗޯރު" ކަމަށް ސިފަޗާގޮތަށް ޗެނަލް-13 އިން ގެނެސްދެމުންދާ 3 ލަވައެއްގެ މައްސަލަ ބަލަންފަށައި ޖަވާބުދާރީވާން އަންގައިފި އެވެ.