ހަބަރު
22 May 2023
ޗެކްރިޕަބްލިކް ގެ އައު ސަފީރަށް ފަތްކޮޅު އަރުވައިފި
ޗެކްރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޑރ. އެލިސްކާ ޒިގޯވާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފިއެވެ.
22 May 2023
"ދަ ޑިމޮކްރަޓްސް" ގެ މަގްސަދަކީ ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމެއް ނޫން"
"ފިކުރެއްގެ ދިރުން" ގޮފީގެ މެމްބަރުންގެ ފަރާތުން އުފައްދަން މަސައްކަތް ކުރާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރަޓްސް" ގެ މަގްސަދަކީ ދިވެހި ރާއްޖެއަށް ބަރުލަމާނީ ނިޒާމު ކޮންމެހެން ގެނައުން ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފު ވިދާޅުވެއްޖެއެވެ.
22 May 2023
އީޕީއޭގެ "ތިމާވެށި" ބޯޓު، ހިންދޫއިންގެ އަޅުކަމާއިއެކު އިފްތިތާޙް ކޮށްފި
ރާއްޖޭގެ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ، (އީޕީއޭ) އަށް ބަންނަ، މޮނިޓަރިން އެންޑް ރީިސާޗް އުޅަނދު "ތިމާވެށި"، އިންޑިއާގެ ދިދަތަކާއި، ހިންދޫއިންގެ އަޅުގަކަމާއިއެކު އިފްތިތާޙް ކޮށްފި އެވެ.
22 May 2023
"ކިތަންމެ ހަޅޭކެއްލެވިޔަސް އިންތިޚާބު ކާމިޔާބު ކުރާނީ ރައީސް ޞާލިހު"
އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް ހަޅޭ ލެވިޔަސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުކަމަށް ހޯމް މިނިސްޓަރު އަދި މި ސަރުކާރުގެ ކޯލިޝަން ޕާޓުނަރު އިމްރާނު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
22 May 2023
"ރާއްޖޭގައި ކެންސަރު ގިނަވަނީ އިންޑިއާގެ ލޯ ކޮލެޓީ ކާޑު ކާތީ"
ދިވެހިރާއްޖޭގައި ކެންސަރު ބަލި ގިނަވަނީ އިންޑިއާއިން އެތެރެކުރާ ކޮލެޓީދަށް ކާޑުގެ ބާވަތްތައް ބޭނުންކުރާތީކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމްފަހު ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ.
22 May 2023
"އެހެން ޕަޓީތަކު އެމްޕީން އަަޅުގަނޑުމެންނާއެކު މަސައްކަތްކުރަން ބޭނުންވޭ"
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމްޑީޕީ އަދި އެހެނިހެން ޕާޓީތަކުގެ މެންބަރުންވެސް، ދަ ޑިމޮކްރެޓްސް އާއި އެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވަމުން ގެންދަވާކަމަށް އެ ޕާޓީން ބުނެފި އެވެ.
22 May 2023
"އަބްދުالله ރަޝީދުގެ މަރުގެ ހާދިސާގައި ފުލުހުންގެ އިހުމާލެއް ނެތް"
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި އަބްދުﷲ ރަޝީދު (މާޓީ) ގެ މަރުގެ މައްސަލައިގައި ފުލުހުންގެ އެއްވެސް އިހުމާލެއް ނެތްކަން އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ރިޕޯޓުންނާއި، މައްސަލައާއި ގުޅިގެން ފުލުހުން ކުރި ތަހުގީގުން ހާމަވެފައިވާކަމަށް ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
22 May 2023
ވައްކަންކުރި މީހަކު ގައިގައި ދަވާދުލީ މައްސަލައެއް ބަލަނީ!
ވައްކަންކުރި މީހަކު ހިފަހައްޓައި، އޭނާ ގައިގައި ދަވާދުލީ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ދިވެހި ފުލުހުންގެ އިދާރާ އިން ބުނެފި އެވެ.