ހަބަރު
02 May 2023
"ޗާގޯސް ސަރަހައްދު ހިމާޔަތް ކޮށްފައި ބޭއްވުމަށް މަސައްކަތް ކުރާނަން"
ޗާގޯސް ސަރަހައްދު ހިމާޔަތް ކޮށްފައި ބޭއްވުމަށް އިނގިރޭސީންނާއި މޮރިޝަސްއާއެކު މަސައްކަތް ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
02 May 2023
"ރައީސްގެ ސިޓީގެ ސަބަބުން ބައެއް ގެއްލުނުކަމަކަށް ނުދެކެން"
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ފޮނުއްވެވި ސިޓީގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލުނުކަމަށް ނުދެކޭ ކަމުގައި ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
02 May 2023
މެމްބަރު ޒަރީރަށް ދިން ހަމަލާ އެމްޑީޕީއިން ކުށްވެރިކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުއަށް އަމާޒުކޮށް ބަޔަކު ދިން ހަމަލާ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
02 May 2023
މަސްތުވާތަކެތި އެތެރެ ކުރި މީހާއަށް ބަސް ނޭނގުމުން ބަންދު ކުރު މުއްދަތަކަށް
ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި އިންޑިއާ މީހަކަށް އިނގެރޭސި އަދި ހިންދީ ބަސް ވެސް ނޭނގުމުގެ ސަބަބުން ދެކެވޭ ވާހަކަތައް ފަހުމް ނުވާތީ އޭނާގެ ބަންދު ކުރު މުއްދަތަކަށް ކްރިމިނަލް ކޯޓްއިން ކަނޑައަޅާފިއެވެ.
02 May 2023
"ޗާގޯސް ހޯދަން އޮތް އެންމެ ބޮޑު ހުރަހަކީ ރައީސްގެ ސިޓީފުޅު"
ސިޔާދަތުގެ ދައުވާކުރުމަށް ވަކާލާތުކުރައްވާ ބޭފުޅުންނަށް މިހާރު އެކަމުގައި އޮތް އެންމެ ބޮޑު ހުރަހެެއްކަމަށް ފެންނަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނާނެކަން ޤަބޫލުކުރެއްވައި ފޮނުއްވި ސިޓީ ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
02 May 2023
"މަސްވެރިކަން ކުރުމަށް އެހާ ބޭރަށް ނުނިކުތަސް މަސް ބާނާ"
މަސްވެރިކަން ކުރުމަށް އެހާ ބޭރަށް ނުނިކުތަސް މަސް ބާނާ ކަމަށާއި ދެކުނުގެ މަސްވެރިން މަސްބާނަނީ ކޮންމެ ފަހަރަކު 100 މޭލަށް ނުކުމެގެން ނޫން ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
02 May 2023
އިންޑިއާގެ ދިފާއީ ވަޒީރު ޝާހިދުއާއި ބައްދަލުކުރައްވައިފި
އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތް ސިންގ، ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުގެ އަރިހަށް އިޚުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
02 May 2023
"ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ"
ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ގަލޮޅުގެ ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.