ހަބަރު
24 Apr 2023
"ދިފާއީ ބާރުން ނިކުމެ ކަނޑު ވިއްކާލި މީހުން ޖަވާބުދާރީ ކުރުވަން ޖެހޭ"
ޤައުމީ ދިފާއީ ބާރު ނިކުމެ ދިވެހި މަސްކަނޑު ވިއްކާލި މީހުން ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ގޮވާލައްވައިފި އެވެ.
24 Apr 2023
މޮރިޝަސްއާއެކު ހެދި "ޑީލު" ހާމަކުރުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް!
ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ސަރުކާރުން މޮރިޝަސްއާއެކު ހަދާފައިވާ "ޑީލު" ތަހުގީގުކޮށް، މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ފޮނުއްވި ސިޓީ ހާމަކުރުމަށް ގޮވާލާ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ހުށައެޅުއްވި ކުއްލި މައްސަލަ ބަލައިގަނެ ބަހުސް ފަށައިފި އެވެ.
24 Apr 2023
"ޤާސިމް ގެންގުޅުއްވަނީ ޤައުމާއި ރައްޔިތުން ބިނާކުރުމުގެ ވިސްނުން"
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމަކީ އަބަދުވެސް ޤައުމާއި ރައްޔިތުން ބިނާކުރުމުގެ ވިސްނުންފުޅުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަޙްމަދު ސަޢުދު ވިދާޅުވެއްޖެ އެވެ.
24 Apr 2023
މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ގައު އެތެރެކުރުން ފެށިއްޖެ
ށ. މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިދިޔަ އަންގާރަ ދުވަހު ދުވަހު ފެށިއްޖެ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
24 Apr 2023
ގުރައިދޫ ދާއިރާގެ މެމްބަރުކަމުގެ ހުވާ ޝާޒު ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އިބްރާހީމް ޝާޒު މެންބަރުކަމުގެ ހުވައި ކުރައްވައިފިއެވެ.
24 Apr 2023
އަލިފުށި އެއަރޕޯރޓް ޓާރމިނަލް އިމާރާތުގެ ފައުންޑޭޝަން ނިމިއްޖެ
ރ. އަލިފުށީ ބިން ހިއްކުމާއި އެއަރޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއަރޕޯރޓް ޓާރމިނަލް އިމާރާތުގެ ފައުންޑޭޝަން މަަސައްކަތްތައް މިހާރު ވަނީ ނިމިފައި ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
24 Apr 2023
"ބޮޑުތަކުރުފާނު ހުންނެވި ނަމަ ފޯޅަވަހި ޑީލު ހެދި މީހުންގެ ބޯ ކަނޑާލިސް"
މިއަދު ބޮޑުތަކުރުފާނު ދުނިޔޭގައި ހުންނެވި ނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ފޯޅަވަހި ޑީލު ހެދި މީހުންގެ ބޯ ކަނޑާލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.
24 Apr 2023
ފޯޅަވަހި މައްސަލައިގައި ހުކުރު ދުވަހު ގޮތް ނިންމަނީ
ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް އަންނަ ހުކުރު ދުވަހަށް ތާވަލުކޮށްފި އެވެ.