25 Apr 2023
ބުރުގާ ނާޅާތީ އިރާންގެ ދެ އެކްޓަރުން ހައްޔަރުކޮށްފި
ބުރުގާ ނާޅާ މައްސަލައިގައި އިރާންގެ ދެ އެކްޓްރެސް އެއް ހައްޔަރު ކޮށްފިއެވެ.
25 Apr 2023
ކާޑު ގުދަންތައް ރަޖިސްޓްރީ ކުރަން އަންގައިފި
ކާޑުގެ ބާވަތްތައް ގުދަންކުރާ ތަންތަން ރަޖިސްޓްރީކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފި އެވެ.
25 Apr 2023
ފަރެސްމާތޮޑާއިން ވެލިނަގައިގެން ފުވައްމުލަކަށް ގެންދާތީ ހުށައެޅި މައްސަލަ ބޭރުކޮށްލައިފި
ފުވައްމުލަކު ގޮނޑުފޮށް ހިމާޔަތްކުރުމުގެ މަސައްކަތަށްކަމަށް ބުނެ ގދ. ފަރެސްމާތޮޑާ އެއާޕޯޓު ސަރަހައްދުން ވެލިނަގަމުންދާތީ ކަންބޮޑުވުން ފާޅުކޮށް އެ ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ލަތީފު ހުށައެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
25 Apr 2023
"ކޮތަޅަށް 2 ރުފިޔާ ނުނަގާ ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭނެ އެތައް ކަމެއް އެބަހުރި"
ސިންގަލް ޔޫސް ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނުނަގާވެސް ތިމާވެށި ހިމާޔަތްކުރުމަށް ކުރެވިދާނެ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
25 Apr 2023
"އީޕީއޭ މުސްތަގިއްލު ތަނަކަށް ހެދުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް"
އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ، (އީޕީއޭ) އަކީ މިނިވަން މުސްތަޤިއްލު ތަނެެއް ކަމުގައި ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ރިޔާސީ ވަޢުދެއް ނަމަވެސް، އެކަން ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ނިންމަވައިފިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Apr 2023
"އެފްކޮންސްގެ ޖޫރިމަނާ މާފުކުރުމުގެ އެއްވެސް ވިސްނުމެއް ނެތް"
ބުރިޖު ޕްލެޓުފޯމު ފަރަށް އެރި މައްސަލާގައި އެފްކޮންސް ކުންފުނި ކޮށްފައިވާ ޖޫރިމަނާ މާފުކޮށްދެއްވުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށް އެންވައިރަމެންޓު މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
25 Apr 2023
އަލްހާފިޒާ ޝާޔާ އަށް ނާއިބް ރައީސް މަރުހަބާ ދަންނަވައިފި
މިސްރުގައި 40 އަހަރުން ދަށުގެ މީހުންނަށް ބޭއްވުނު ބައިނަލްއަގްވާމީ ޤުރުއާން މުބާރާތުގައި ހިތުން ކިޔެވުމުގެ ގޮފިން ބައިވެރިވެ މުޅި މުބާރާތުން 2 ވަނަ ހޯދާފައިވާ އަލްހާފިޒާ ފާތިމަތު ޝާޔާ ޒާހިރު އަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މަރުހަބާ ދަންނަވާފިއެވެ.
25 Apr 2023
"ކޮތަޅުން ފީ ނެގުމުގެ ކުރިން ޢާއްމުން ހޭލުންތެރި ކުރިން"
ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމުގެ ކުރިން، މި ވީ ހަތަރު މަސް ދުވަހުގެ ތެރޭގައި ރައްޔިތުން ހޭލުންތެރި ކުރުމަށް ވަރަށް ގިނަ މަސައްކަތް ކުރެވިފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.