26 Apr 2023
ކޮތަޅު ބިލު އިސްލާހު ނުކޮށް މަޖިލީސް ޗުއްޓީއަށް ދަނީ
ޕްލާސްޓިކް ކޮތަޅު ބޮނޑި ޓެކްސް ނެގުން އިސްތިސްނާ ނުކޮށް ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ގެނައި އިސްލާހުގެ ސަބަބުން، ކޮތަޅު ބޮނޑީގެ އަގުތައް އިންތިހާއަށް އުފުލި ރައްޔިތުންގެ ޝަކުވާ ބޮޑުވުމާއި ގުޅިގެން އެކަން އިސްލާހުކުރުމަށް މަޖިލީހަށް ހުށައަޅާފައިވާ ބިލުގެ މަސައްކަތް ނުނިންމާ މަޖިލީސް ޗުއްޓީއަށް ދާން ނިންމައިފި އެވެ.
26 Apr 2023
"ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ"
ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭދް ކުރުމުގެ މަސައްކަތް ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދު ކެނޑިދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
26 Apr 2023
އެމްޓީސީސީއަށް މިހާރުވެސް އެވަނީ ލޯޑު ބޮޑުވާ ވަރަށް މަސައްކަތް ހަވާލުކޮށްފަ"
މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް އޯވާލޯޑް ވާ ވަރަށް މިހާރުވެސް އެކި މަޝްރޫއުތައް ހަވާލުކުރެވިފައި ވާ ކަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
26 Apr 2023
މިސްކިތަށް ގެއްލުންދިން މީހާ ޝަރީޢަތް ނިމެންދެން ބަންދަށް
ވ.ކެޔޮދޫ މިސްކިތުގައި ހުރި މުސްހަފުތައް ވީދައި، މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލައި މިސްކިތަށް ގެއްލުންދިންކަމަށް ތުހުމަތުވާ މީހާ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.
26 Apr 2023
ބުރޫ ނާރާނެ ހެން ޚިދްމަތް ދިނުމަށް ސްޓެލްކޯ އިން ޓީމެއް އެކުލަވައިލައިފި
ޢާންމުންނަށް ދޭ ޚިދްމަތަށް ބުރޫ ނާރާނެހެން މަސައްކަތް ކުރިއަށް ގެންދިޔުމަށް ޚާއްސަ ޓީމެއް ސްޓޭޓް އިލެކްޓްރިކްސް ކޮމްޕެނީ (ސްޓެލްކޯ) އިން އުފައްދައިފިއެވެ.
25 Apr 2023
ދެބޯއްޓެއް ބަންޑުން ޖަހާލާ، ލީބިޔާގެ އައްސޭރިފަށަށް ހަށިތައް ލައްގަނީ
ރެފިޔުޖީން ގޮވައިގެން ދަތުރު ކުރަމުންދިޔަ ދެ ބޯއްޓެއް ބަންޑުން ޖަހާލައި އެތައް ބައެއްގެ މަރުވެފައިވާ ހަށިތައް ލީބިޔާގެ އެކި އަވަށްތަކުގެ އައްސޭރިފަށަށް ލައްގަމުން ދާ ކަމަށް އަލްޖަޒީ އިން ބުނެފިއެވެ.
25 Apr 2023
ވެމްކޯގެ ބިންލައިނަރގެ އަގުތައް އާންމުކޮށްފި
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބިންލައިނަރ (ކުނި އަޅާ ބޮޑު ކޮތަޅު) ވިއްކާ އަގުތައް އާންމުކޮށްފިއެވެ.
25 Apr 2023
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ބައިޑަން އިއުލާނު ކުރައްވައިފި
ރިޔާސީ އިތުރު ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާކަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ރަސްމީކޮށް އިއުލާނު ކުރައްވައިފި އެވެ.