ހަބަރު
28 Apr 2023
"މިއަދު ލިބުނު ކާމިޔާބީއަކީ ސަރުކާރުގެ އިޙުލާސްތެރި ގަދަފަދަ މަސައްކަތް"
ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސައިގައި ރާއްޖެއިން ވަކާލާތު ކުރިގޮތަށް މައްސަލަ ނިމުމުން އެނގިގެން ދިޔައީ ދިވެހި ކަނޑާއި ވައިގެ ސަރަހައްދުންވެސް އެއްމެ އިންޗިއެއްވެސް ދޫވިޔަނުދިނުމަށް ސަރުކާރުން ކުރި އިޙުލާސްތެރި ގަދަފަދަ މަސައްކަތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
28 Apr 2023
"ރާއްޖޭގެ އިމުން ބައެއް ގެއްލިގެން ދިޔުމަކީ ކާމިޔާބީއެއް ނޫން"
މިއަދާއި ހަމައަށް ދިވެހި މަސްވެރިން މަސްވެރިކަން ކުރުމަށް ނިކުމެ އުޅެވޭ ސަރަޙައްދަކަށް މާދަމާ ނުނިކުމެވޭ ގޮތަށް މައްސަލަ ނިމުމުން އެއީ ކާމިޔާބީއެއް ކަމަށްބުނެ ބައެއް މީހުން އުފާކުރުމަކީ ހިތާމަހުރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ.
28 Apr 2023
އިމުގެ މައްސަލަ ރާއްޖެއިން ވަކާލާތު ކުރިގޮތަށް ނިމިއްޖެ
ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސައިގައި ރާއްޖެއިން ވަކާލާތު ކުރިގޮތަށް ނިމިއްޖެއެވެ.
28 Apr 2023
"މިއަދަކީ ފަހުގެ ތާރީހުގައި ރާއްޖެއަށް ވެރިއަކު އެންމެ އަނިޔާވެރިވާނެ ދުވަސް"
މިއަދަކީ ފަހުގެ ތާރީހުގައި ރާއްޖެއަށް ވެރިއަކު އެއްމެ އަނިޔާވެރިވާނެ ދުވަސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
28 Apr 2023
"ރައީސް ޔާމީންގެ ޝަރީޢަތް ލައިވް ނުކުރަނީ ސިއްރުން އެމަނިކުފާނަށް އަނިޔާދިނުމަށް"
‏ކުރީގެ ރައީސް، އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތްތައް މީގެ ކުރިން ލައިވުކޮށް ކުރިޔަށް ގެންދިޔުމަށްފަހު، މިހާރު ކޯޓަށް ހާޟިރު ނުކޮށް އަދި ލައިވުނުކޮށް އޮންލައިންކޮށް ކުރިއަށް ގެންދަނީ އެމަނިކުފާނަށް ސިއްރުން އަނިޔާ ދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
28 Apr 2023
"ކަންދެއްކުމަކީ ހެޔޮ ޢަމަލުތައް ނުބައި އަމަލުތަކަށް ބަދަލުކޮށްލާ ކަމެއް"
އިސްލާމްދީނުގައި ކަންދެއްކުމަކީ ޝިރުކުގެ ޢަމަލެއް ކަމަށާ، އަހަރުމެންގެ ރަނގަޅު އަމަލުތައް ނުބައި އަމަލުތަކަށް ބަދަލުކޮށްލާ އެންމެ ވަރުގަދަ ބާރަކީ ކަންދެއްކުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
28 Apr 2023
ޗާގޯސް މައްސަލަ އާއި ގުޅިގެން ޤާސިމްގެ ސިޓީއެއް އިޓްލޮސްއަށް
ޗާގޯސްގެ މައްސަލައިގައި ކަނޑުގެ ޤާނޫނުގެ ބައިނަލްއަޤުވާމީ ޓްރައިބިއުނަލް (އިޓްލޮސް) ގައި މިއަދު ހުކުމް ކުރުމަށް ތައްޔާރުވަމުންދާ މައްސަލާގައި، ޖުމްހޫރީޕާޓީ އިން ކަންބޮޑުވާކަންކަން ބަޔާންކޮށް އެ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ގެ ސިޓީފުޅެއް އިޓޮލްސް އަށް ފޮނުއްވައިފިއެވެ.
28 Apr 2023
މުހައްމަދު ކިޔައިދެއްވީ ޗާގޯސް މައްސަލަ ކުރުކޮށް ފޮނިކޮށް!
ޗާގޯސް މައްސަލަ އާއި ގުޅިގެން ދިވެހިރާއްޖޭގެ އަދުގެ ސަރުކާރުން ކަންކަން ކޮށްފައިވާ ގޮތް ކުރުކޮށް ފޮނިކޮށް، މުހައްމަދު އިސްމާއިލް ކިޔައިދެއްވައިފިއެވެ.