ހަބަރު
29 Apr 2023
ކަނޑު ބަލަހައްޓަން އިންޑިއާގެ އިތުރު މަނަވަރުތައް ގެންނާނެތޯ ކުރި ސުވާލަށް ޖަވާބެއް ނުދިން!
އިޓްލޮސްގައި އޮތް މައްސަލަ ނިމި ދެކުނުގެ އިން ކަނޑައެޅިގެން ދިއުމާއި އެކު, އެ ސަރަހައްދު ބެލެެހެއްޓުމަށް އިންޑިއާގެ މަނަވަރުތައް ގެންނާން ޖެހިދާނެކަމުގެ އިޝާރާތެއް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރައްވައިފި އެވެ.
29 Apr 2023
މިއީ ދެކުނުގެ މަސްވެރިކަމަށް ހުރި ބޮޑު ނުރައްކަލެއް: ވައްޑެ
މަހަކުން މަހަކުން ބާނައިގެން ދިވެހިން މަސްވެރިކަން ކުރަމުން އައި، ރާއްޖޭގެ ދެކުނުން ކަނޑުމަސް އާލާވާކަމަށް ބުނެވޭ ހިސާބެއްގައި، ދުވަސްކޮޅަކުން އެތައް މޭލު ދިގުމިނުގެ ބޮޑުދާ އަޅަންފެށުން އެކަށީގެންވާ ކަމަށާއި މިއީ ދެކުނުގެ މަސްވެރިކަމަށް ހުރި ބޮޑު ނުރައްކަލެއް ކަމަށް އުނގޫފާރު ދާއިރަގެ މެމްބަރު މުހައްމަދު ވަހީދު(ވައްޑެ) ވިދާޅުވެއްޖެއެވެ.
29 Apr 2023
"ކުއްލިއަކަށް ޗާގޯސް ރާއްޖޭގެ ބަޔަކަށް ހަދައިގެން އުޅޭތީ ހިތަށް އެރި އެތަނުގައި ފެނާއި ނަރުދަމާ އަޅަން ނާންގާނެ ބާއޭ"
ފޯޅަވައްސަކީ ރާއްޖޭގެ ބައެއްކަމަށް ދުވަހަކު ވެސް ރާއްޖޭގެ ތާރީޚުގައި ދައުވާކޮށްފައި ނުވާއިރު، އަދި ފޯޅަވަހީގެ ސިޔާދަތު ހޯދުމަށް އެއްވެސް ސަރުކާރަކުން އެދިފައިވެސް ނުވާއިރު، ކުއްލިއަކަށް ފޯޅަވައްސަކީ ރާއްޖޭގެ ބައެއްކަމަށް ބުނަން ފެށުމުން ފޯޅަވަހީގައި ފެނާއި ނަރުދަމާއަޅަން ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ނާންގާނެ ބާ އޭ ހިތްޕުޅަށް އަރާވަޑައިގެން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
29 Apr 2023
"ސަރުކާރުން ކަންކަން ސިއްރު ކުރާކަމަށް ބުނުމަކީ ރައްދުކުރާ ނުޙައްގު ބަހެއް"
މި ސަރުކާރުން ކަންކަން ސިއްރުކުރާކަމަށް ބުނުމަކީ ސަރުކާރަށް ރައްދުކުރެވޭ ނުހައްގު ބަހެއްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
29 Apr 2023
"މޮރިޝަސްއަށް ލިބުނު ސަރަހައްދުން ދާ ނާޅާނެ ކަމުގެ ޔަގީންކަމެއް ނުދެވޭނެ"
ދިވެހިރާއްޖޭގެއާއި މޮރިޝަސްއާއި ދެމެދު އޮތް ފުށުއަރާ ސަރަހައްދުގެ އިން ކަނޑައަޅާފައި ވާއިރު، މޮރިޝަސްއަށް ލިބުނު ސަރަހައްދުން ދާ އަޅައިގެން މަސްވެރިކަން ނުކުރާނެކަމުގެ ޔަގީންކަން ނުދެވޭނެކަމަށް ފިޝަރީސް މިނިސްޓަރު ޑރ ހުސެއިން ރަޝީދު ވިދާޅުވެއްޖެ އެވެ.
29 Apr 2023
ޗާގޯސްގެ ސިޔާދަތީ ބާރު ދޫކޮށްލުމުން ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިއްޖެ: ރައީސް ނަޝީދު
ޗާގޯސްގެ ސިޔާދަތީ ބާރު ދޫކޮށްލުމުން ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިއްޖެ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
29 Apr 2023
ޔާމީނުގެ ވެރިކަމުގައި ފޯޅަވަހިން ގެއްލުނުބައި ހޯދުމުގެ މަސައްކަތް ފަށާނުން: އާދަމް ޝަރީފް
ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި، ފޯޅަވަހިން ގެއްލުނުބައި ހޯދުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާނެ ކަމަށް
29 Apr 2023
ފޯނެއް ފޭރިގަތް މީހަކު ހައްޔަރު ކޮށްފި
ފޯނެއް ފޭރިގަތް މީހަކު ހައްޔަރުކޮށްފިއެވެ.