ހަބަރު
28 Apr 2023
15 އަހަރު ވަންދެން ބަކަރި ގެންގުޅެ ވިއްކައިގެން ޢުމްރާއަށް ދިޔަ މީހަކަށް ގިނަބައެއްގެ ސަމާލުކަން
ޕާކިސްތާނުގެ ބަލޯކިސްތާނުގެ ހޫބު ސަރަޙައްދުގެ ބަކަރި ގެންގުޅޭ 82 އަހަރުގެ އަބްދުލްޤާދިރު ބަޚުޝް އުމްރާގެ އަޅުކަން އަދާ ކުރަން ހުއްޓައި ނަގާފައިވާ ވީޑިއޯ އަކަށް ގިނަބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
28 Apr 2023
"ޗާގޯސް މައްސަލައިގައި ވަކާލާތުކުރަމުން ދައުލަތުން ވަނީ ބައިކޮޅަށް ގޯލު ޖަހާފައި"
ފޯޅަވަހި މައްސަލައިގައި ދިވެހި ދައުލަތުން ދަމަހައްޓަމުން އައި ސްޓޭންޑް ސަރުކާރުން ބަދަލުކުރީ އެކަނި ނޫން ކަމަށާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައަޅާފައިވާ މައްސަލައިގައި ވަކާލާތު ކުރައްވަމުން ދިވެހި ސަރުކާރުން ބައިކޮޅަށް ގޯލުވެސް ޖަހާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެ އެވެ.
27 Apr 2023
"އެއާޕޯޓު ހޯދިހެން ސަރަހައްދު ހޯދުމަށް ނިކުންނަން ޖެހުނަސް ފަސްޖެހުމެއް ނެތް"
ދިވެހިންގެ މައި ދޮރޯށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ދިވެހިންގެ އަތްމަތިން ގެއްލުނު ދުވަހު އެއާޕޯޓު ހޯދުމަށް ކުރަންޖެހުނު މަސައްކަތް ރާއްޖޭގެ ސަހަރައްދު ހޯދަން ކުރައްޖެހުނަސް، ފަސް ނުޖެހި ދިވެހިން އެ މަސައްކަތް ކުރާނެކަމަށް ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ.
27 Apr 2023
ޗާގޯސް "ޑީލު" ގެ ވާހަކަތައް މޮރިޝަސްގެ ނޫސްތަކަށް
ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް ހުކުރު ދުވަހަށް ތާވަލުކޮށްފައި ވަނިކޮށް އެ މައްސަލައިގައި މި ސަރުކާރުން މޮރިޝަސްއާއެކު ހެދި ޑީލުގެ ވާހަކަ މޮރިޝަސްގެ ނޫސްތަކުގެ ފަލަ ސުރުހީއަށް އަރައިފި އެވެ. ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ސަރުކާރުން މޮރިޝަސްއާއެކު ހަދާފައިވާ "ޑީލު" ތަހުގީގުކޮށް، މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ފޮނުއްވި ސިޓީ ހާމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ވެސް ހުށައަޅާފަ އެވެ.
27 Apr 2023
މަތިވެރީގެ ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތްތައް ނިންމައިފި
އެމް.ޑަބްލިޔު.އެސް.ސީއިން އއ.މަތިވެރީގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމުގެ ގާއިމްކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަން ކޮށްފިއެވެ.
27 Apr 2023
"ސަރުކާރުން ކަމެއް ބޭނުންވީމަ އެކަމެއް އަވަސް ކުރާނެ ކަމަށް ހީނުުކުރައްވާ"
ސަރުކާރުން ކަމެއް ބޭނުންވީމަ އެކަމެއް އަވަސް ކުރަންވެގެން އެމަނިކުފާނު ކަމެއް ކުރައްވާނެ ކަމަށް ހީނުުކުރެއްވުމަށް ރައްޔިތުން މަޖްލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
27 Apr 2023
ހިންމަފުށީ ސުކޫލަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތަކެއް ހައްލުކޮށްދީފި
ކ. ހިންމަފުށީ ސުކޫލަށް ދިމާވެފައިވާ ކަރަންޓުގެ ބައެއް މައްސަލަތައް ހައްލުކޮށްދީ، އެ ސުކޫލަށް ލެޑް ލައިޓްތަކެއް ސްޓެލްކޯއިން ހަދިޔާކޮށްފި އެވެ.
27 Apr 2023
ޗާގޯސް މައްސަލައަކީ ސަރުކާރުން ކޮށްފައިވާ އެންމެ ބޮޑު ހިޔާނާތް: މުއިއްޒު
ޗާގޯސް މައްސަލައަކީ ސަރުކާރުން ކޮށްފައިވާ އެންމެ ބޮޑު ހިޔާނާތް ކަމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
27 Apr 2023
ރާއްޖޭގައި ހިންގާ މަޝްރޫއުތަކަށް 2 މިލިއަން ރުފިޔާ އިންޑިއާއިން ދީފި
ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްސީޑީޕީ) ގެ ދަށުން ރާއްޖޭގެ ހަ ރަށެއްގައި މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ހިލޭ އެހީގެ ގޮތުގައި އިންޑިއާ ހައި ކޮމިޝަނުން ދިވެހި ސަރުކާރަށް 2.73 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
27 Apr 2023
ހިލޭ ޑެލިވަރީ ކުރާނީ ގިނައިން ގަންނަ ފަރާތްތަކަށް
ކުނި މެނޭޖް ކުރުމުގެ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހާއި އެކު ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމާ އެކު ކޮތަޅުގެ އަގު ބޮޑުވެ ކުނި އަޅާ ކޮތަޅުގެ އަގު ވެސް އުފުލިގެން ދިއުމުން އެކަން ހައްލު ކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ވިއްކާ ކޮތަޅު ހިލޭ ޑެލިވަކޮށްދޭނީ ގިނައިން ގަންނަ މީހުންނަށް އެކަނި ކަމަށް އެ ކޯޕަރޭޝުން ބުނެފި އެވެ.