15 Apr 2023
ޕީޕީއެމް ގޮނޑި ފަސޭހަކަމާއެކު އެމްޑީޕީއަށް
ގިނަ ދުވަސްތަކެއް ވަންދެން ޕީޕީއެމުން ތަމްސީލު ކުރަމުންދިޔަ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ފަސޭހަކަމާއެކު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓު މުޙައްމަދު ޝާޒު ކާމިޔާބުކުރައްވައިފި އެވެ.
މިހާތަނަށް އެ އިންތިޚާބުގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކުގެ ނަތީޖާތަކަށް ބަލައި، ޝާޒު އިންތިޚާބު ކާމިޔާބުކޮށްފައިވާކަން އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި އިސް ބައެއް ވެރިން ވަނީ އިއުލާނުކުރައްވާފަ އެވެ. އެފަދައިން އިއުލާނުކޮށްފައިވަނީ ނަތީޖާތަކަށް ބަލާއިރު، އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނު ނުކުރި ނަމަވެސް އެ ގޮނޑި ޝާޒަށް ކަށަވަރުވާ ވަރަށް ފަހަރު ބޮޑުކޮށް އޭނާ ކުރީގައި އޮތުމުންނެވެ.