ހަބަރު
17 Apr 2023
"ޕީޕީއެމުން ޑރ މުއިއްޒުގެ ސުލޫކީ މައްސަލައެއް ބަލާކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް"
ޕީޕީއެމްގެ ނައިބުރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒުގެ ސުލޫކީ މައްސަލައެއް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އާއިލާއިން ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް ހުށައަޅާފައިވާކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއްކަމަށް އެ ޕާޓީން ބުނެފި އެވެ.
17 Apr 2023
ހިތުގެ ބަލިތަކަށް ހާއްސަ މަސައްކަތު ބައްދަލުވުމެއް ބާއްވަނީ
ތަޖުރިބާކާރު ޑޮކްޓަރުންނާއި އެކު އައިޖީއެމްއެޗްގެ ހިތުގެ ބަލިތަކަށް ޚާއްސަ ވޯކްޝޮޕް، ކޮމްޕްލެކްސް ޕީ.ސީ.އައި ވިތު އިމޭޖިންގ، މިމަހު ފަހު ކޮޅު ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މިއީ އައި.ޖީ.އެމް.އެޗް ގެ ނޭޝަނަލް ކާޑިއެކް ސެންޓަރުން ބާއްވާ މިފަދަ ދެވަނަ މަސައްކަތު ބައްދަލުވުމެވެ.
17 Apr 2023
"މި ދައްކަނީ އެމްޑީޕީގެ މެނިފެސްޓޯ އާއި ޢަމަލާއި ދިމާނުވާ ވާހަކަ"
2018 ވަނަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގަންނަވަން އެކުލަވައިލެއްވި މެނިފެސްޓޯ އާއި އެމަނިކުފާނުގެ ޢަމަލުފުޅާއި ދިމާނުވާ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
17 Apr 2023
"ނައީމާގެ މަރުގެ ތަހުޤީގާއި މެދު ޔަގީންކަން އެބައޮތް، ޤާތިލުން ހޯދާނަން"
ނަޢީމާ މޫސާގެ މަރުގެ މައްސަލަ ތަހުޤީގުކުރާ ފުލުހުންގެ ޓީމުގެ މަސައްކަތާއިމެދު ފުރިހަމަ ޔަގީންކަން އޮތް ކަމަށާއި، ނައީމާގެ ޤާތިލުން ހޯދާނެކަމަށް ކަމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
17 Apr 2023
"އެފްކޮންސް ގެ މަސައްކަތް ގޯސްވެގެން އިންޖިނިއަރުން ކަންބޮޑުވުގެން އުޅޭ އަޑެއް ނާހަން"
ތިލަމާލެ ބްރިޖުގެ މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޯންސް ކުންފުނިން އެ މަސައްކަތް ކުރަމުންދަނީ ފެންވަރުދަށްކޮށް ކަމަށް އެއްވެސް އިންޖިނިއަރެއް ވިދާޅުވާ އަޑު މިހާތަނަށް އައްސަވާފައި ނުވާކަމަށް ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވެއްޖެ އެވެ.
17 Apr 2023
ފަލަސްޠީނުގައި މިސްކިތެއް ބިނާ ކުރަން އެހީވުމުގެ ފުރުސަތު
ދިވެހީންގެ އެހީއާއެކު ފަލަސްތީނުގައި މިސްކިތެއް ބިނާ ކުރުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)އިން ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.
17 Apr 2023
މޯލްޑިވިއަނުން އޭޓިއާރް މަރުކާގެ އިތުރު 5 ބޯޓެއް ކުއްޔަށް ނަގަނީ
ގައުމީ އެއާލައިން މޯލްޑިވިއަނުން އޭޓީއާރު މަރުކާގެ އިތުރު ފަސް މަތިންދާ ބޯޓު ކުއްޔަށް ހޯދަން އިއުލާނު ކޮށްފި އެވެ.
17 Apr 2023
އަމީނީމަގު އެއްބަސްވުން ސިއްރު ކުރަން ސުޕްރީމް ކޯޓަށް
އަމީނީމަގު ހެދުމުގެ އެއްބަސްވުމާއި ކުރެހުން އަމިއްލަ ފަރާތަކުން އެދިފައިވާ ގޮތަށް ހާމަކުރަން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ހައުސިން މިނިސްޓްރީއަށް އެންގީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމި ނިންމުން ދައުލަތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.