19 Apr 2023
ކޯޓުގައި ހެކި ބަސް ދޭން ދެކޮޅު ހަދައިފި ނަމަ ޖަލަށް!
ޖިނާއީ މައްސަލަތަކުގައި ހެކިބަސް ދޭން ދެކޮޅު ހަދާ މީހުން ގިނަވެގެން ތިން މަހަށް ޖަލަށްލުން ނުވަތަ ގޭ ބަންދުކުރަން ވަގުތުން ހުކުމް ކުރެވޭ ގޮތަށް ގަވާއިދު އެކުލަވާލައި އަމަލުކުރަން ފަށައިފި އެވެ.
19 Apr 2023
ރިސޯޓްތަކުގެ އިސް މަގާމުތަކަށް ދިވެހިން ނަގަން ހުށަހެޅުމުން ނުރުހުން
ރާއްޖޭގައި ހިންގާ ރިސޯޓްތަކުގެ އިސް މަގާމުތަކުގައި ތިބި ބިދޭސީން އެ މަގާމުތަކުން ވަކިކޮށް، ފޮނުވާލުމަށްފަހު، އެ މަގާމުތަކަށް ދިވެހިން ހަމަޖެއްސުމަށް ހުށަހެޅުމުން، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ނުރުހުން ފާޅުކުރައްވައިފިއެވެ.
19 Apr 2023
"ރައީސް ނަޝީދަށް ދުވަހަކުވެސް އިހްތިރާމެއް ނުކުރާނަން"
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދުވަހަކުވެސް އިހްތިރާމް ނުކުރާނެ ކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
19 Apr 2023
ޢަރަބިއްޔާ މައްސަލައިގައި ދަށު ކޯޓުން ކުރި ޙުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރަނީ
އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ އަށް ކިޔަވަންދާ ބައެއް އަންހެން ދަރިވަރުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދާތީ މޫނު ބުރުގާ ނަގައިގެން ސްކޫލަށް އައުމަށް އެންގި އެންގުމުގެ ސަބަބުން އެދަރިވަރުންނަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދެވޭނެ ވަގުތީ އަމުރެއް ނެރެދިނުމަށް ކޯޓަށް ހުށައެޅި ހުށައެޅުމަށް ކޯޓުން ކުރި ޙުކުމްހައިކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށް މައްސަލައިގައި ދަރިވަރުންނާއި މުދައްރިސުންގެ ފަރާތުން ވަކާލާތު ކުރައްވާ ރެހެންދި ޗެމްބާސްގެ އިސް ވަކީލާ އަލްއުސްތާޒާ ޢާއިޝާތު ޢާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.
19 Apr 2023
ސަޢުދީގެ ފޮރިން މިނިސްޓަރ ސީރިޔާގައި
ސަޢުދީޢަރަބިއްޔާގެ ފޮރިން މިނިސްޓަރ ވަލީއަހުދު ފައިސަލް ބިން ފަރްހާން ސީރިޔާގެ ދިމިޝްޤަށް ޒިޔާރަތްކޮށްފިއެވެ.
18 Apr 2023
ޤަޠަރާއި އިއްތިހާދުގެ ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމް ކުރަނީ
ޤަޠަރާއި އިއްތިހާދުގެ ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމް ކުރަން ފަށައިފިކަމަށް އެދެގައުމުގެ އިސް އޮފިޝަލުން ބުނެފިއެވެ.
18 Apr 2023
މޫނުބުރުގާގެ މައްސަލާގައި ވަގުތީ އަމުރެއް ނެރެ ނުދިން
އަރަބިއްޔާ ސުކޫލުގެ ދަރިވަރުންގެ މޫނުބުރުގާގެ މައްސަލާގައި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.
18 Apr 2023
އިންޑިޔާގެ ޓެކްސްޓް ފޮތްތަކުން މުސްލިމުންގެ ވާހަކަތައް އުނިކުރަނީ
އިންޑިޔާގެ ސްކޫލްތަކުގައި ކިޔަވައިދޭ ޓެކްސްޓް ފޮތްތަކުން އެޤައުމުގެ ތާރީޚާއި ގުޅިފައިވާ މުސްލިމުންގެ ވާހަކަތައް އުނިކުރުމުގެ މަސައްކަތް ފަށައިފިއެވެ.